
200730081447-02-donut-robotics-exlarge-169
ޓެކްނޮލޮޖީ އަށް ލޯބި ކުރައްވާ ބޭފުޅުންނަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ. ރޮބޮޓިކްސް ގެ ރޮގުން މުޅި ދުނިޔެ ސިއްސުވާލާފަދަ އީޖާދުތައް ކުރަމުން އަންނަ ޖަޕާނުން މި ވަނީ ސްމާޓް މާސްކެއް ތަޢާރަފް ކޮށްފައެވެ.

ފޯން އެޕްލިކޭޝަނެއްގެ އެހީއާއެކު ބްލޫޓޫތުން ފޯނަށް ގުޅާލެވޭ މި މާސްކަކީ ދައްކާ ވާހަކަ ލިޔުމަށް ބަދަލު ކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ އުފެއްދުމެކެވެ. އަދި މި މާސްކުގައި ކުޑަ މައިކެއް ހަރުކޮށްފައި ވާއިރު މި މައިކުގެ އެހީގައި، ދައްކާ ވާހަކައިގެ އަޑު ބާރުވާގޮތް ހެދޭނެއެވެ. ހަމަ އެހެންމެ މި މާސްކަށް އެކި ބަސްބަހުން ދައްކާ ވާހަކަތަށް ތަރުޖަމާ ކުރުމުގެ ޤާބިލުކަންވެސް ލިބިފައިވެއެވެ.
މި މާސްކު އުފެއްދި ޑޮނަޓް ރޮބޮޓިކްސް އިން ބުނީ ކޮވިޑް ނަވާރައިގެ ސަބަބުން މާސްކު އެޅުން މަޖުބޫރު ކުރުމަކީ މި އުފެއްދުން އުފެއްދުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެއް ކަމުގައެވެ.
އުފެއްދުން އީޖާދުކުރި ފަރާތުން އިތުރަށް ބުނީ މި މާސްކު ފުރަތަމަ ވިއްކާނީ އަންނަ ޑިސެމްބަރު މަހުގައި ގާތްގަޑަކަށް 10،000 މާސްކާ އެކު ހަމަ އެކަނި ޖަޕާނުގައި އެކަނި ކަމަށެވެ. އަދި 40 ޑޮލަރާއި 50 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައި ހުރި މި އުފެއްދުން ދުނިޔޭގެ އެކި ހިސާބުތަކަށް ލިބޭވަރު ވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަހުން ކަމުގައިވެސް ބުންޏެވެ.
މުޢާމަލާތް ކުރުން އިތުރަށް ފަސޭހަކޮށްދޭ އަދި ފޭސް މާސްކެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ މި މާސްކް ހަދާފައި ހުންނަނީ ޕްލާސްޓިކް އަދި ސިލިކޯނުންނެވެ. އަދި މިއީ ތިމާވެއްޓާވެސް ރައްޓެހި ގޮތަކަށް އުފައްދާފައިވާ މާސްކެއްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.