logoEN
cocacola
އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ދޭން ނިންމައިފި

އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ދޭން ނިންމައިފި

އަޙްމަދު ޖަމީލު

logo

12/7/2020, 3:32:38 PM

big_w6KzTrNZhDjj4Ov0CHX1ic0Yl

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ވަޒީފާ އަށް އަސަރުކޮށް، ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ދިނުމަށް ރައިސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ގޮސިޔާ

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ކޮވިޑްގެ ބަލިހާލަތާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ކަމަށެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭ ނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

މި އެލަވަންސްގެ ދަށުން މިހާތަނަށް 11,814 މީހަކަށް 143.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށާއި މިހާތަނަށް 33,763 ބުރެއްގެ މަތިން އެލަވަންސް ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ