
215548_3_dba18e4fa71340ef50f4e81bcae8e5abf3a44a30_medium
ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަކި ކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ސިޓީއެއް ފޮނުވާފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވީ މިހާރު އޮތީ އެމްޑީޕީގެ ފުރިހަމަ ބާރު އޮތް ސަރުކާރަކަށް ނުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ރައީސްގެ ވަޒީރެއްގެ މައްސަލަ މަޖިލީހަށް ގެނައުމުގެ ކުރިން އެ ވަޒީރަށް ފިޔަވަޅު އެޅުމަށް އެދި ރައީސަށް ސިޓީއެއް ފޮނުވައި ދަންނަވާފައިވާނެ ކަމަށެވެ.
މިހާރު އޮތީ އެމްޑީޕީގެ ފުރިހަމަ ބާރު އޮތް ސަރުކާރަކަށް ނުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ރައީސްގެ ވަޒީރެއްގެ މައްސަލަ މަޖިލީހަށް ގެނައުމުގެ ކުރިން އެ ވަޒީރަށް ފިޔަވަޅު އެޅުމަށް އެދި ރައީސަށް ފޮނުވައި ސިޓީގައި ދަންނަވާފައިވާނެ ކަމަށްވެސް މެންބަރު އަލީ އާޒިމް ވިދާޅުވިއެވެ.
މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީއިން ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިސް ހިންގަމުންދާ ގޮތާ މެދު މަލީހް ފާޑުވިދާޅުވެފައިވަނިކޮށެވެ.