
129140947-671187146911288-4374013601593559944-n-876x657-1-850x548
ގދ. ފަރެސްމާތޮޑާގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއަށް ބަޔަކު ގެއްލުން ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފަރެސްމާތޮޑާގައި ހުންނަ ބީއެމްއެލް އޭޓީއެމް ހުންނަ އިމާރާތަށާއި އޭޓީއެމް އަށް ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރު 3:15 ހާއިރު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި މައްސަލަ އާ ގުޅުން ހުރި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާފައި ވަނީ 2017 ވަނަ އަހަރުއެވެ.