logoEN
ކޮކާކޯލާ
ފިހުނު މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެ

ފިހުނު މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެ

އަޙްމަދު ޖަމީލު

logo

12/7/2020, 10:14:48 AM

DSC_0306

ގދ ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

އަބުޅޯ

ނިޔާވެފައިވަނީ އެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އުމުރުން 33 އަހަރުގެ މީހާއެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 08:45 ހާއިރު އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެއީ އެހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ.

އެ މީހާގެ އާއިލާއިން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެހާދިސާގައި އެމީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ހުރީ ފިހިފައެވެ. އަދި ފިހިފައި ހުރި ތަންތަނުގެ ހަމުގެ އިންފެކްޝަން ހުރި ކަމަށާއި އޭނާގެ ސިކުނޑިއާއި ފުއްޕާމޭގައިވެސް އިންފެކްޝަން ހުރި އިރު ލޭހަރުވެ ލޭ ދައުރުވުމުގެ ދަތިކަން ހުރިކަމަށް ޑޮކްޓަރ އާއި ހަވާލާދީ އޭނާގެ އާއިލާ އިން "ގާފު" އަށް މައުލޫމާތު ދިނެވެ.

އެ ހާދިސާއާ ގުޅިގެން ސިފައިން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އެއްޗެއް ގޮވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ