logoEN
cocacola
ތިނަދޫއިން މިއަދު ރެންޑަމް ކޭސްތަކެއް!

ތިނަދޫއިން މިއަދު ރެންޑަމް ކޭސްތަކެއް!

Admin

logo

10/30/2021, 8:44:27 PM

covid breaking, ބްރޭކިންގް

ގދ ތިނަދޫގެ މުޖުތަމައުގެ ތެރެއިން ކޮވިޑް ކޭސްތަކެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހު މިއަދު ތިނަދޫއިން ކޭސްތަކެއް ފެނިއްޖެ އެވެ.

ގޮސިޔާ

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދާދި ދެންމެއަކު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދު ތިނަދޫއިން ފްލޫ ކްލިނިކަށް ދެއްކި ދެސާމްޕަލެއް ވަނީ ކޮވިޑަށް ފައްސިވެފައި އެވެ. އަދި އެގްޒިޓް ސާމްޕަލެއްވެސް މިއަދު ފައްސިވެފައިވާ އިރު މިއަދު ތިނަދޫއިން ޖުމުލަ 3 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫއިން މިއަދު ފައްސިވި 3 ސާމްޕަލްގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. ނަމަވެސް ކުޑަކުއްޖާ ފައްސިވީ ފްލޫ ސާމްޕަލެއްގެ ތެރެއިން ކަމެއް ނުވަތަ އެގްޒިޓް ސާމްޕަލެއްގެ ތެރެއިން ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މިއަދު ފައްސިވި ތިން ކޭސްއާއި އެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 4 އަށް އަރާފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ