logoEN
Sto top
އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82 ބިލިއަން ރުފިޔާއަށް އަރާނެ: މާލީ ވަޒީރު

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82 ބިލިއަން ރުފިޔާއަށް އަރާނެ: މާލީ ވަޒީރު

އަޙްމަދު ޖަމީލު

logo

11/9/2020, 6:16:38 PM

# ދަރަނި# ފިނޭސް މިނިސްޓަރ# 2021

ibrahim ameer Finance minister

2021 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ ދަރަނި 82 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Wamco

އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާއި އަންނަ އަހަރު ނިމޭއރިު 82 ބިލިޔަން ރުފިޔާ ގެ ދަރަނި ހުންނާނެ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތަ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ ޚަރަދުގެ ގޮތުގައި 33.3 ބިލިޔަން ރުފިޔާ ހިނގާނެ ކަމަށެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 17.8 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު އަންނަ އަހަރު ގެ ބަޖެޓުން 15.5 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ވެސް ލަފާކޮށް މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފައިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ ކަމަށާއި މެދުރާސްތާގައި ދަރަނި ‘ސަސްޓެއިނަބަލް’ މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު ‘ގްރޯތް ޕާތް’ އަކަށް ދާންޖެހޭ ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަ ކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside