
ބްރޭކިންގް Breaking
ހުވަދޫ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކާ ބެހުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބިދޭސީ މީހާ ހައްޔަރު ކުރީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ބިދޭސީ މީހެއް ކަމަށެވެ. ނަމަވެސް އެމީހާގެ ގައުމު ހާމައެއް ނުކުރެއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 17:33 ގައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު އެ ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.