logoEN
ކޮކާކޯލާ
އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ އަންހެނުންގެ އުމުރު ދިގެވެ.

އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ އަންހެނުންގެ އުމުރު ދިގެވެ.

ގާފު އެޑިޓޯރިއަލް

logo

12/7/2020, 12:20:30 PM

w

އަންހެނަކު ގިނައިން ވާހަކަ ދައްކާ ކަމަށް ބުނެ، މީހަކު މައްސަލަ ޖައްސައިފިނަމަ، އެއީ އެއަންހެނަކަށް ލިބޭ އުފާވެރި ޚަބަރެއްގެ ގޮތުގައި ދެކޭށެވެ. ގިނައިން ވާހަކަ ދެއްކުމުގެ ހުނަރުގެ ސަބަބުން، އެމީހެއްގެ ފަރުދީ ގުޅުންތައް ހަރުދަނާވެ، އެމީހެއްގެ އިޙްސާސްތަކާއި ދެކޭގޮތްތައް ފުރިހަމަޔަށް އެހެން މީހުންނަށް ފޯރުކޮށްދެވުމުގެ އިތުރުން، ދިރާސާތަކުން ދައްކާގޮތުން، އެމީހެއްގެ އުމުރު ދިގުކޮށްދެއެވެ. ފަހުގެ ދިރާސާތަކުން، ދައްކާ ގޮތުން ގިނައިން ވާހަކަ ދައްކާ ފަރާތްތަކުގެ އުމުރު ދިގުވާ ސަބަބުތައް މިލިޔުމުގައި ހިމަނާލަމެވެ.

އަބުޅޯ

undefined

ގިނަ ސައިންޓިސްޓުން ގަބޫލުކުރާ، ސައިންޓިފިކް ވިސްނުމަކުން، އިންސާނުންގެ އުމުރު ބިނާވަނީ އެމީހެއްގެ ޖީން އަށެވެ. ބައެއް އިލްމީ މާހިރުން ދިރާސާކުރަމުންދާ "ލޮންގެވިޓީ ޖީން" ނަމަކަށް ކިޔާ ޖީން އަކުން އިން އިންސާނުންގެ "ޑީ. އެން. އޭ" ކާމިޔާބުކަމާއެކީ އަލުން އޭގެ އެންމެ ކުރީގެ ހާލަތަށް އަނބުރާގެނައުމަށް އެހީތެރިވެދެއެވެ. މިޖީން އަކީ، އިންސާނުންގެ "ޑީ. އެން. އޭ" "ރިޕެއަރ" ކުރުމަށް ނުވަތަ އޭގެ އަސްލު ހާލަތަށް ގެނައުމަށް މަސައްކަތްކުރާ ޖީންއެވެ. ފަހުގެ ދިރާސާތަކުން އެނގި ހާމަވެގެން ގޮސްފައިވާ ގޮތުން، އުމުރު ދިގުވުން ހަމައެކަނި ޖީންއަށް ބަރޯސާ ނުވެއެވެ. އަދި މީގެ އިތުރުން ގިނައިން ވާހަކަ ދެއްކުމާއި، އުމުރު ދިގުވުމާއި ގުޅުމެއް ވެއެވެ.

އެމެރިކާގެ ދެ ޔުނިވާސިޓިއެއް ކަމުގައިވާ އަލްބާޓް އައިންސްޓަން ކޮލެޖް އޮފް މެޑިސިން އަދި ޔެޝިވާ ޔުނިވާސިޓީގެ ސައިންޓިސްޓުންގެ ގްރޫޕަކުން ކޮށްފައިވާ ދިރާސާއެއްގައި، ދުވާލެއްގެ މައްޗަށް އިންސާނަކު ވާހަކަ ދައްކަން ބޭނުންކުރާ ބަސްތަކުގެ އަދަދު އަދި ބޭނުންކުރާ ބަސްތަކާއި، އެމީހެއްގެ އުމުރާއި ހުންނަ ގުޅުން ބަލައި، ދިރާސާކޮށްފައި ވެއެވެ. މިގޮތުން މިދިރާސާއިން ހާމަވެގެން ގޮސްފައިވާ ގޮތުގައި، އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ މީހުން، ކަންކަމާމެދު ރަނގަޅަށް ވިސްނައި، ކަންކަމުގައި ކުރިމަތިލުމަށް ޖެހިލުން ނުވެ، ވިސްނުން ރަނގަޅު ގޮތުގައި ބޭނުންކޮށް ރިވެތި އަޚުލާޤީ ސިފަ ގައިގައި ހަރުލާފައިވެއެވެ. މިފަދަ ސިފަތަކެއް ލިބިފައި ވުމުގެ ސަބަބުން، ދިރިއުޅުމުގެ ކާމިޔާބު ބަޔަކަށް މިމީހުން ވެގެން ގޮސްފައިވެއެވެ. ދިރިއުޅުމަށް އަންނަ ރަނގަޅު ބަދަލުތަކުގެ ސަބަބުން އެމީހުންގެ އުމުރު ދިގުވެއެވެ.

undefined

ޑރ. ނިރު ބަރުޒިލައި، ރިސާޗް ޑައިރެކްޓް ކޮށްގެން 95 އަހަރާއި ސަތޭކަ އަހަރުގެ 250 ދުވަސްމީހުން ބައިވެރިކޮށްގެން ކުރެވުނު ދިރާސާއެއްގައި، ގުޅުންތަކާއި، ޝަޚްސިއްޔަތާއި އަދި ޖީން އާއި ގުޅުމެއް ވޭތޯ ދިރާސާކުރެވުނެވެ. މިގޮތުން މިދިރާސާއިން، އަދަޔާ ޚިލާފަށް ޝައުޤުވެރިކުރުވަނިވި، ކަންތައްތަކެއް ހާމަވެގެން ގޮސްފައި ވެއެވެ. ކަންކަމާއި މެދު ރަނގަޅަށް ވިސްނާ ގިނަ ފަރާތްތަކަކީ ގިނައިން ވާހަކަ ދެއްކޭ ކަމަށް އެއްބަސްވާ ފަރާތްތަކެވެ.

މިފަދަ ދިރާސާއެއް ކޮށް، މިބުނުމަށް ބާރު ލިބޭގޮތަށް ނަތީޖާ ލިބިފައިވާ، ހަމައެކަނި ފަރާތަކީ މިއެއް ނޫނެވެ. މިފަދަ ދިރާސާއެއް ސްޕެނިޝް ސައިކޭޓިސްޓެއް ކަމުގައިވާ ލުއިސް ރޮޖާސް މާކޯސް ވެސް ކޮށްފައިވެއެވެ. މިގޮތުން ޑރ. ރޯޖަސް އޭނާ ލިޔުއްވާފައިވާ ފޮތެއްގައި، "ވީ އާ ވަޓް ވީ ސްޕީކް" މިސުރުޚީގެ ދަށުން ލިޔުއްވާފައިވާ ގޮތުގައި، ވާހަކަ ދެއްކުމަށް ދުވާލެއްގެ މައްޗަށް 15000 ބަސް ބޭނުންކުރާ ފަރާތްތައް އެއަށްވުރެ މަދުން ވާހަކަ ދައްކާ ފަރާތްތަކަށް ވުރެ އުމުރު ދިގެވެ. ޑރ. ރޯޖަސް އިތުރަށް ހާމަކުރައްވާ ގޮތުގައި، އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ ފަރާތްތަކަށް، ދިރިއުޅުމުގައި ތަފާތު ބޭނުންތައް ފުރިހަމަވެ، ހިތްހަމަޖެހިގެން ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެއެވެ. މީގެ ނަތީއްޖާއެއްގެ ގޮތުން އިންސާނާގެ އުމުރު ދިގުވެގެންދެއެވެ.

undefined

ޑރ. ރޯޖަސްގެ ހޯދުންތަކަށް ސައިންސުގެ އަލީގައި ބާރު ލިބިގެންދެއެވެ. މިގޮތުން، އަންހެނުންގެ ހަށިގަނޑުގައި "ފޮކްސް ޕީ2" ޕްރޮޓީން ނުވަތަ "ލެންގުއޭޖް ޕްރޮޓީން" ލެވެލް މަތިވުމުން، ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ވާހަކަ ދައްކައި އުޅެވެ. މީގެ ސަބަބުން އަންހެނުންގެ އުމުރު ދިގުވެއެވެ. ސައިންސްވެރިން ބުނާގޮތުގައި، އަންހެނުންގެ ހަށިގަނޑުގައި ހުންނަ "ފޮކްސް ޕީ2" ޕްރޮޓީންގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 20،000 (ވިހި ހާސް) ބަސް ވާހަކަ ދެއްކުމަށް ބޭނުންކުރެއެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ފިރިހެނަކު ވާހަކަ ދައްކަން ދުވާލަކު ބޭނުން ކުރަނީ އެންމެ 7000 (ހަތް ހާސް) ބަހެވެ. ދެޖިންސުގެ މީހުން ދުވާލެއްގެ މައްޗަށް ބޭނުންކުރާ ބަސްތަކުގެ އަދަދުގައި 13،000 (ތޭރަ ހާސް) ބަހުގެ ތަފާތެއް ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ