logoEN
cocacola
ރެއާލް ގިނަ މެޗުތަކަކުން ބަލިވުމުގެ އަސްލަކީ ރޮނާލްޑޯ ނެތުން - ރެއާލްގެެ ކުރީގެ ރައީސް

ރެއާލް ގިނަ މެޗުތަކަކުން ބަލިވުމުގެ އަސްލަކީ ރޮނާލްޑޯ ނެތުން - ރެއާލްގެެ ކުރީގެ ރައީސް

eldeeb1_210_6_ault

ރެއާލް މެޑްރިޑަށް މިހާރު ދިމާވަމުންދާ މައްސަލަތަކުގެ އަސްލަކީ ވިސްނާނުލައި އެ ޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލުން ކަމަށް އެ ޓީމުގެ ކުރީގެ ރައީސް ރަމޮން ކަލްޑެރޯން ބުނެެފި އެވެ.

ގޮސިޔާ

ރެއާލް ދޫކޮށް ރޮނާލްޑޯ 2018 ވަނަ އަހަރު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ސޮއިކުރީ 113 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. އުމުރުން 33 އަހަރުގައި ރޮނާލްޑޯ އޭރު ބުނީ ރެއާލް ދޫކޮށްލަން ޖެހުނު އެއް ސަބަބަކީ އެ ޓީމުގެ ލީޑަޝިޕަށް ފަހަކަށް އައިސް އޭނާ މުހިއްމު ނުވުމުން ކަމަށާއި އެހެންވެ އާ ޗެލެންޖެއް ނަގަން ބޭނުންވީ ކަމަށެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ބޭނުންވާތީއާ އެކު ރެއާލުން ރޮނާލްޑޯ ވިއްކާލި ފަހުން މިއީ ތިން ވަނަ ސީޒަނެވެ. އަދިވެސް ރެއާލުން އެންމެ ބޭނުންވާ ވަރަށް ކްލަބްގެ ކުޅުމާއި ނަތީޖާތައް ނެރުމުގައި މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އަލުން އެ ކްލަބަށް ކާމިޔާބު ހޯދައިދިން ކޯޗު ޒިނެދިން ޒިދާން ގެނައި ނަމަވެސް އޭނާ އަށް ވެސް އަންނަނީ ކްލަބް ކުރިން އޮތް ލެވަލަށް ގެންދިއުމުގައި ދަތިތަކެއް ދިމާވަމުންނެވެ.

"އޭނަ (ޕެރޭޒް) ވަރަށް ބޮޑު ގޯހެއް ހެދީ ރޮނާލްޑޯ ވިއްކާލައިގެން. ރެއާލުން އެ ފެންނަނީ ރޮނާލްޑޯ ނެތްތަން. އަހަންނަށް މީގައި ބަހެއް ބުނަން މި ޖެހެނީ ރެއާލަށް ރޮނާލްޑޯ ގަތީ އަހަރެން ކަމަށްވާތީ. ހަގީގަތުގައި ކްލަބްގެ ބައެއް މީހުން ދިން ހިޔާލާ ދެކޮޅަށް ޕެރޭޒް ނިންމި ނިންމުމެއްގެ ސަބަބުން ރެއާލަށް މި ހާލަތު މިއައީ،" 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލަށް ރޮނާލްޑޯ ގަނެދިން ރައީސް ކަލްޑެރޯން ބުނެއެވެ.

މިހާރު އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަންނަނީ ޔުވެންޓަސްގައި ވެސް ތަފާތު ދައްކަމުންނެވެ. ރޮނާލްޑޯ އަށް ޓޮޕް ލެވަލްގައި ނުކުޅެވޭނެކަމަށް ޕެރޭޒް އަށް ވިސްނުނީތޯ ނޫނީ ރޮނާލްޑޯ ދޫކޮށްލުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއްތޯ ރެއާލްގެ ސަޕޯޓަރުންނަށް އެނގެންޖެހޭ ކަމަށް ކަލްޑެރޯން ވަނީ ބުނެފައެވެ.

"އަހަރެމެންނަށް އޭރު އިވިގެންދިޔަ ރޮނާލްޑޯ އާއި ޕެރޭޒްގެ ގުޅުން ރަނގަޅު ނޫން ވާހަކަ. އޭގެ ހަގީގަތް ވެސް އަދި ފެންނާނެ. ދެން ފުޓްބޯޅައިގެ ވިސްނުމަށް ބަަލައި ރޮނާލްޑޯ ދޫކޮށްލުން ގޯސްކަން އެ އަންނަނީ މިހާރު ވެސް ފެންނަމުން. ރޮނާލްޑޯ ޔުވެންޓަސްގައި ވެސް އެ އަންނަނީ އޭނާގެ މޮޅު ކުޅުން ދައްކަމުން،" ކަލްޑެރޯން ބުންޏެވެ.

މި ފަހަރުގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި ރެއާލްގެ ނަތީޖާތައް އެއް ފެންވަރެއްގައި ހިފަހައްޓައިނުލެވޭތީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާނަަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ކަލްޑެރޯން ވިދާޅުވީ ޑިސެމްބަރު މަހަކީ ޒިދާން އޭނާގެ ވަޒީފާ ސަލާމަތްކުރާނަަމަ ޓީމުގެ ހާލަތު ބަދަލުކުރުން މުހިއްމު ވަގުތެއް ކަމަށާއި އެކަން ނުވެއްޖެނަމަ ރެއާލުން އޭނާ ވަކިކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ