logoEN
ޕީއެންސީ 2
މައްސަލަ ބޮޑު، ދިރިއުޅުމެއްގައި ދަރިން ބަލައި ބޮޑުކުރުން ރައްކާތެރި ނޫން!

މައްސަލަ ބޮޑު، ދިރިއުޅުމެއްގައި ދަރިން ބަލައި ބޮޑުކުރުން ރައްކާތެރި ނޫން!

ww

ރައްކާތެރި ނޫން ކައިވެނީގެ ގުޅުމަކުން ވަކިނުވެވި، ދަރިން ގެންގުޅުމަކީ ދެމަފިރިން ވަކިވުމުން ދަރިންނަށް ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތި ކުރުވާ ކަމެކެވެ. ވަރިއަކީ އެއްވެސް އާއިލީ ގުޅުމަކަށް މަދުން ނޫނީ ވޭނާއި ތަދު ނުފޯރައި ނުދާ ކަމެކެވެ. ކުދިންގެ މުސްތަޤްބަލަށް ވިސްނައިގެން، ރައްކާތެރި ނޫން ކައިވެނީގެ ގުޅުމެއްގައި ބަދަވިގެން އެއިން މިންޖުނުވެގެން އުޅުމަށްވުރެ، ބައެއްފަހަރު ހިތްވަރުކޮށްފައި، ދެފަރާތުން އެއްބަސްވެ، ރީތިގޮތުގައި ދެމަފިރިން ވަކިވުންވެސް މާ ބުއްދިވެރިއެވެ. ދެމަފިރިން ވަކިވީ ކަމުގައިވިޔަސް، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވިއްޖެ ނަމަ، ކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައި ދެވިދާނެއެވެ.

ޝަރީ 2024

ނަމަވެސް، ރައްކާތެރި ނޫން ގުޅުމެއްގައި، ދަރިންނަށްޓަކައި، އުޅެންޖެހިއްޖެ ނަމަ، އާއިލީ ހުރިހާ މެމްބަރުންނަށް ނޭދެވޭ އަސަރުފޯރައި، މުޅި އާއިލާއަށް ނުރައްކާތެރިވެ، ޚާއްސަކޮށް ކުޑަކުދިންނަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިގޮތުން މިފަދަ ގުޅުމެއްގައި އުޅެންޖެހިއްޖެނަމަ، ކުދިންގެ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. މިފަދަ ގުޅުމަކުން ދަރިންގެ މުސްތަޤްބަލަށް ލިބޭ ގެއްލުމާއި އަދި އެ ގެއްލުން ލިބޭ ސަބަބުތައް މިލިޔުމުގައި ހިމަނާލަމެވެ.

ކުޑަކުދިން އެކުދިންގެ މައިންބަފައިންގެ ދިރިއުޅުމުން ނަމޫނާ ނަގައި، އެކުދިންގެ އަމިއްލަ ދިރިއުޅުން އެގޮތަށް ބައްޓަންކުރުން

undefined

ސްޕޮންޖަށް ފެން ދަމާ މިސާލުގައި، މައިންބަފައިންގެ ދިރިއުޅުމުން ފެންނަ ކަންކަން ކުދިން ދަސްކުރެއެވެ. އެއީ އެކަން ދިރިއުޅުމުގައި އޮންނަންޖެހޭ ގޮތްކަމަށް ދެކި، އެ އާދަތައް ކުދިން ބޮޑުވުމުން އަމިއްލަ ދިރިއުޅުމުން ފެނިގެން ދެއެވެ. މައިންބަފައިން ދެބަސްވެ އަރާރުންވެ އަނިޔާކުރާ މަންޒަރު ދަރިންނަށް ދިރިއުޅުމުގައި ފެންނަ ނަމަ، ކުދިން ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފެށުމުން އެއާދަތައް ކުދިންގެ ކިބައިން ފެންނަން ފަށްޓައެވެ. ބައްޕަ މަންމަޔަށް އަނިޔާކުރާ މަންޒަރު ތާއަބަދު ފެނި ބޮޑުވާ ފިރިހެން ކުއްޖާ، އެކުއްޖާގެ އަމިއްލަ އަނބިމީހާއަށް އެފަދައިން އަނިޔާކުރުމަކީ ދުނިޔެ ދެކެފައިވާ ހަޤީޤަތެކެވެ. މިފަދަ ހަމަޖެހުމެއް ނެތް ތަފާތު މައްސަލަތައް ބޮޑު ދިރިއުޅުމުގެ ތެރޭގައި ބޮޑެތިވާ ކުދިންނަށް، ދިރިއުޅުމުގައި އަޅާލުމާއި، ލޯބި ރަގަނޅަށް ނޭނގެއެވެ. މިފަދަ މާހައުލަށް ބޮޑެތިވާކުދިންނަށް ޤަބޫލުކުރެވިފައި އޮންނަނީ، ދިރިއުޅުމަކީ މަންމަ އަދި ބައްޕަ އެއުޅޭ ގޮތް ކަމުގައެވެ. ހަމަޖެހޭ ދިރިއުޅުމެއް އުޅެން ނޭނގުމުގެ އިތުރުން މިފަދަ ދިރިއުޅުމުގެ މާހައުލަކަށް ބޮޑެތިވާ ކުދިންގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން ދަނީ މައިންބަފައިން ދެއްކި ނުރަނގަޅު ނަމޫނާގެ ސަބަބުންނެވެ.

މިގޮތުން ކުދިކުދި ކަންކަމާއި އަވަހަށް ރުޅިއައުން، ހަސަދަވެރިވުން، އާއިލީ މެމްބަރުންނާއި ވާހަކަ ނުދެއްކުން، އަނިޔާކުރުން އަދި ބާރާއި ނުފޫޒު ބޭނުންކުރުމުގެ އާދަ ފަދަ ކަންތައްތަކަކީ، މައިންބަފައިން ދިރިއުޅޭ ހަމަޖެހުމެއް ނެތް ދިރިއުޅުމުން ކުދިން ދަސްކުރާ ކަންކަމެވެ.

މައިންބަފައިންގެ ޒުވާބުކުރުމާއި ކޯޅުމަށް އެއްގޮތަކަށްވެސް ކުދިން އާދަ ނުވެއެވެ.

undefined

ކުޑަ ކުދިންނަކީ ވަރަށް ފަސޭހައިން ދެރަވުމުގެ އިހުސާސްތައް ފަސޭހައިން ދެނެގަންނަ ބަޔެކެވެ. އަދި އާއިލީ މައްސަލަތަކުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުދިންނަށް ފޯރައެވެ. މިގޮތުން ކުދިން ދިރިއުޅޭ މާހައުލުން، މައިންބަފައިން އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ އާދަ ނުފެންނަ ނަމަ، ކުދިން އެހެން މީހުންނާއި އޮންނަ ގުޅުން، ޖަޒުބާތުތައް އަދި ނަފްސާނީ ދުޅަހެޔޮކަމަށް ރައްކާތެރިކަމެއް ނެތެވެ.

މައިން ބަފައިންގެ ދިރިއުޅުމުގައި ފެންނަ ނުތަނަވަސްކަމާއި، ގުޅިގެން، އަމިއްލަ ނަފުސަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމުގެ އިހުސާސް ކުދިންނަށް ކުރެވި، އެކުދިންނަކީ އަޅާލުމެއް ނެތި ދޫކޮށްލެވިފައިވާ ބައެއްގެ އިޙްސާސް ކުރެވެއެވެ. އަދި މައިންބަފައިންގެ ދިރިއުޅުމުގެ މައްސަލަ ދިމާވަނީ އެކުދިންގެ ސަބަބުން ކަމަށް ވިސްނައި، އަމިއްލަ ނަފްސު ކުއްވެރި ކުރުވައެވެ. މިފަދަ އިޙްސާތައް ކޮންމެ ދުވަހެއްގައި ކުރެވި ބޮޑެތިވާ ކުދިން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ދަށްވެ، އެއްވެސް މީހަކަށް އިތުބާރު ކުރުމުގެ އާދަ ގެއްލި، އެކުދިންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ދެކެއެވެ.

ހާސްކަމުގެ ތެރެއަށް ކުދިން ހުށަހެޅިގެން ދިޔުން

undefined

ކުދިންނަށް އަމިއްލަ ގޭގައި ރައްކާތެރިކަމުގެ އިޙްސާސް ނުކުރެވޭނަމަ، ފަސޭހައިން ހާސްކަމުގެ ތެރެއަށް ގޮސް، އާދައިގެ ހާލަތްތައް ނުރައްކާތެރި ހާލަތުގެ ގޮތުގައި އެ ކުދިން ދެކެއެވެ. ކުދިންގެ މިފަދަ ބިރުތައް ނުވަތަ ނުތަނަވަސްކަމުގެ ސަބަބުން، ނިދީގައި ބިރުވެރި ހުވަފެންތައް ފެނި ބޮޑެތި ފިއްތުންތަކެއްގެ އިހްސާސް ކުރިމަތި ކުރުވައެވެ.

އެކަކު އަނެކަކަށް ނުގުޅޭ މައްސަލަ ބޮޑު ދިރިއުޅުމެއް އުޅޭ، މައިންބަފައިންނަށް ލިބޭ ދަރިން ބޮޑެތިވެގެން ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ނުއުޅެވެއެވެ. މިފަދަ ކުދިންނަށް ދިރިއުޅުމުގައި ބައިވެރިޔަކާއި އެކު ރަނގަޅު ދިރިއުޅުމެއް އުޅެން ނޭނގުމުގެ އިތުރުން، އަނެކާގެ ޖަޒުބާތުތައް ދަނެގަންނަށް ނޭނގެއެވެ. މިފަދަ ކުދިންގެ ފަރާތުން އަމިއްލަ ނަފުސަށް ފާޑުކިޔުމުގެ ކަންކަން ވަރަށް ބޮޑަށް ފެނުމުގެ އިތުރުން، ކުދި ކުދި އާދައިގެ ކަންކަމުގައި އަމިއްލަ ނަފުސު ކުށްވެރިކުރުވައެވެ.

އެކި ބާވަތުގެ ގުޅުންތައް ތަރައްޤީކޮށް ދަމަހައްޓަން އުދަގޫވުން

undefined

އާއިލީ ބޮޑެތި ހައިޖާނުގެ ތެރެއަށް ބޮޑެތިވާ ކުދިންނަށް ލޯބީގެ ގުޅުންތައް އެހާ ފަސޭހަ ނުވުމުގެ އިތުރުން ތަފާތު ގުޅުންތަކުން ދޭހަވާ ގޮތްތަކާއި، އެހެން މީހަކާއި ގުޅުމެއް ގާއިމް ކުރުމާއި ގުޅޭގޮތުން ދެކޭގޮތް ވަރަށް ބޮޑަށް ތަފާތުވެގެން ދެއެވެ. ގޭތެރޭގައި އާއިލީ ހަމަނުޖެހުމުގެ ތެރެއަށް ބޮޑެތިވުމުގެ ސަބަބުން ކުދިންނަށް އެއް އުމުރެއްގެ ކުދިންނާއި ރަހްމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓަން ނޭނގެއެވެ. އަދި އާއިލީ މެމްބަރުންނަށް ދިމާވާ ތަފާތު ކަންތައްތަކުގައި، އާދަޔާ ޚިލާފަށް ރައްކާތެރިކަންދީ ދިފާޢުކުރުން ނުވަތަ އެއްވެސް ގޮތަކަށް އާއިލީ ގުޅުންތަކަށް ސަމާލުކަމެއް ނުދިނުން އެކަށީގެންވެއެވެ.

ހަމަޖެހުމެއް ނެތް، ތަފާތު ގޮންޖެހުންތަކާއެކު ދިރިއުޅެން ޖެހިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިން އާއިލާގެ ތެރޭގައި ދިމާވާ ހިތާމަވެރި ކަންކަން ހުއްޓުވަން ބޭނުންވި ނަމަވެސް، އެފަދަ ހަމަނުޖެހުންތައް ހުއްޓުވުމުގެ އެއްވެސް ބާރެއް ކުދިންނަށް ލިބިފައި ނުވެއެވެ. މިގޮތުން މަންމަ ނުވަތަ ބައްޕަ ދިރިއުޅުމުގައި ތަޙައްމަލް ކުރަންޖެހިފައިވާ ބައިވެރިޔާ އާއި ގުޅިފައިވާ ގޮންޖެހުމުގެ ވާހަކަ ކުދިންނާއި ހިއްސާ ނުކުރެވެއެވެ. އެހެން ކަމުން މިފަދަ މައްސަލަތަކުގެ ތެރެއަށް ކުދިން ވައްދަން ބޭނުންނުވި ނަމަވެސް ކުދިންގެ ހެދިބޮޑުވުމަށް، ކުދިންގެ މުސްތަޤުބަލަށް އެޅޭ ނުރަގަނޅު ބިންގަލަކަށް މައިންބަފައިންގެ ދިރިއުޅުން ވެގެން ދެއެވެ.

ޖަޒުބާތުތައް ފޮރުވައި، ނުރަނގަޅު އާދަތައް ގައިގައި އަށަގަތުން

undefined

ކުދިން ބައެއްފަހަރު، އެކުދިންގެ ޖަޒުބާތު ތައް އެހެން މީހުންނަށް ހާމަނުކޮށް ފުރުވުމަށް މަސައްކަތް ކުރެއެވެ. ގޭތެރޭގެ މާހައުލުން މައިންބަފައިންގެ ފަރާތުން ކުރިމަތިވާ ހާސްކަން ކުރިމަތިވާ ހާލަތްތައް ހަނދާން ނައްތާލުމަށް ނުވަތަ އެފަދަ ކަންކަމާ ނުވިސްނުމަށް، ތަފާތު ރަނގަޅު ނޫން އާދަތައް ކުދިން ފައްޓައެވެ. މިގޮތުން ކުދިންގެ އުޅުމަށް ތަފާތު ބަދަލުތައް ކުރިމަތި ކުރުވައެވެ. މިފަދަ ބަދަލުތަކުގެ ތެރޭގައި ކުދިކުދި ކަންކަން ބޮޑުކުރުން، އާދަޔާ ޚިލާފަށް ގިނައިން ވީޑިއޯ ގޭމް ކުޅުމާއި، ކަންކަމުގައި ހަޤީޤަތް ޤަބޫލުކުރަން ބޭނުން ނުވުން ހިމެނެއެވެ.

މީގެ އިތުރުންވެސް، މިފަދަ ހާލަތްތައް ކުރިމަތިވެފައިވާ ދަރިންގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ އިހްސާސް ނުސީދާކޮށް ފެނިގެން ދާނެއެވެ. މިގޮތުން ކިޔަވަން ސްކޫލަށް ދާން ފޫހިވުން، އެއް އުމުރުގެ އެހެން ކުދިންނާއި ތޮޅުން އަދި ކުޅެން ގެންގުޅޭ ފަދަ ތަކެތި ދެކެ ރުޅިއައިސް ކުޅޭ ތަކެއްޗަށް ގެއްލުން ދިނުން ހިމެނެއެވެ.

އަމިއްލަ ޖަޒުބާތުތަކަށް އަމިއްލަޔަށް ބިރު ހީވުން

undefined

ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ގޮތް ކިޔުން ނުވަތަ ވަކި ޚާއްސަ ކަމަކާ ގުޅިގެން ރުޅިއައުމަކީ، ދެމީހަކަށް ހަރުދަނާ ގުޅުމެއްގައި އުޅެވެން ނުޖެހޭ ސަބަބެއް ނޫނެވެ. ނަމަވެސް މައިންބަފައިންގެ ކިބައިން ފެންނަ ގެއްލުން ދިނުމާއި، އަޅާނުލުމާއި، ހަޑި ހުތުރުބަހުން އެކަކު އަނެކަކަށް އެއްޗެހި ކިޔުން އަދި ކަންކަމާއި ރުޅި އައިސްގެން ގެއިން ނުކުމެގެން ދިޔުން ފަދަ އަމަލުތަކުން، ކުދިންނަށް ދަސްވަނީ، އެކުދިންގެ އިހްސާސްތަކާއި ކަންކަމުގައި ދެކޭގޮތް އެހެން މީހުންނާއި ހިއްސާކުރުމަކީ ރަނގަ ގޮތެއް ނޫނެވެ. މިގޮތުން ކުދިންނަށް ދަސްވެގެންދަނީ، ރުޅި އަދި ފާޑުކިޔުމަކީ އޭގެ ސަބަބުން އެކުދިން ނުރައްކަލަށް ހުށަހެޅިގެންދާ ކަމެވެ. އެއްވެސް ޝައްކެއްނެތި، ކުދިން އެކުދިންގެ މައިންބަފައިންގެ ދިރިއުޅުމުން ފެންނަ، ނުރަނގަޅު އާދަތަކާއި، ގޯސްތައް އެކުދިންގެ އަމިއްލަ ދިރިއުޅުމުން ބޮޑެތި މީހުންގެ ގޮތުގައި ތަޖުރިބާ ކުރެއެވެ.

undefined

ރައްކާތެރިކަމެއް ނެތް، ދިރިއުޅުމުގައި އެއްވެސް ހަމަޖެހުމެއް ނެތް މާހައުލެއް ކުޑަކުއްޖަކު ބޮޑުކުރުމަށް ވުރެ، އެފަދަ ގުޅުމަކުން ވަކިވެ އެކަނި ކުދިން ބަލައި ބޮޑުކުރުން މާބޮޑަށްވެސް ކުދިންނަށް ރައްކާތެރިއެވެ. މިފަދަ ހަމަޖެހުމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުދިން ތަފާތު މައްސަލަތައް ކުރިމަތިވެ، ކުދިކުދި ކަންކަމާއި ކަންބޮޑުވެ، ޑިޕްރެޝަނަށް ދިޔުން އާންމުވެފައި ވެއެވެ. ދެމަފިރިން ވަކިވުމުގެ ސަބަބުން ދަރިންނަށް ދިމާވާ ތަފާތު މައްސަލަތައް ދުވަސް ވުމުން ހަމަޔަކަށް އެޅެއެވެ. ރައްކާތެރި ނޫން، ކާވެނީގެ ގުޅުމަކުން ވަކިނުވެވި، ދަރިން ގެންގުޅުމަކީ ދެމަފިރިން ވަކިވުމުން ދަރިންނަށް ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތި ކުރުވާ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ