
ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމެންޓް: އެއްވަނަ އިނާމަކަށް ޕީއެސް5 އެއް
129478438_1905789902895275_4969220379227457601_n
ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން ގދ. ތިނަދޫގައި ޕްލޭސްޓޭޝަން ފީފާ ޓޯނަމެންޓެއް ބާއްވަން ނިންމައިފިއެވެ.

އެއްވަނަ އިނާމަކަށް ޕީއެސް5 ހުށަހަޅާފައިވާ އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫ މާވަށް ދިހަރޭ ޕާކުގައެވެ. އެއީ ކުރިން ތިނަދޫ ބާސްކެޓް ކޯޓު ހުރި ސަރަހައްދެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ހަމަޖައްސާފައިވަނީ ޕްރިންޓެކް އެވެ.
ސަދަރން މެޑިކަލް ސެންޓަރ (އެސްއެމްސީ)ގެ ފުރަތަމަ ފަންގިފިލާގައި ހުކުރުދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޓޭޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެޖަމިއްޔާގެ ރައީސް އިނާޒް މުޙައްމަދުއެވެ. ޕްރިންޓެކްގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ، ފަތުހުﷲ ޔާމީން ސަޢީދު އެވެ. އެގޮޮތުން 2020 ، 2021 އަދި 2022 ވަނަ އަހަރުވެސް މި މުބާރާތް ވަނީ ބާއްވާން ނިންމާފައެވެ. ޕްރެންޓެކާއި ޓޭޑް ޖަމިއްޔާއާ ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން މި ތިން އަހަރުގައިވެސް މެއިން ސްޕޮންސަރަކަށް ހަމަޖެހިފައިވަނީ ޕްރިންޓެެކެވެ.
ތިނަދޫ ޒުވާނުންގެ މެދުގައި ވީޑިއޯ ގޭމް ކުޅުމުގެ ހުނަރު ކުރިއެރުވުމުގެ މަގްސަދުގައި އެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ މިމަހުގެ 10 ވަނަ ދުވަހުން 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލެފައެވެ.