ހުވަދުއަތޮޅު ހިމެނޭގޮތަށް 16 އަތޮޅަކަށް ހުދު ސަމަާލު!

ތޫފާން ބުރަވި އާއި ގުޅިގެން ރާއްޖޭގެ މޫސުމަށްވެސް އަސަރު ކުރާނެ ކަމަށް ބެލެވިފައިވާއިރު ހުވަދު އަތޮޅު ހިމެނޭގޮތަށް 16 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އަދި ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަަމަށް އެ ސަމާލުގައި ބުނެފައި ވެއެވެ. އަދި މި ސަމާލު ނެރެފައިވަނީ މިއަދުގެ 14:00 އިން މިރޭޭގެ 20:00 އަށެވެެ.

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު ދެކުނުން 400 ކިލޯމީޓަރު ދުރުގައި އުފެދުނު ތޫފާން “ބުރެވި” ގެ އަސަރު މިހާރު ވަނީ ރާއްޖެެއަށް ކުރަން ފަށާފައެވެ.

ތޫފާން "ބުރެވި"ގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުތައް ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން ވެސް ވަނި އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް