logoEN
cocacola
ފްރާންސްގެ ކުރީގެ ރައީސް އަވަހާރަވެއްޖެ!

ފްރާންސްގެ ކުރީގެ ރައީސް އަވަހާރަވެއްޖެ!

https___s3-ap-northeast-1.amazonaws.com_psh-ex-ftnikkei-3937bb4_images_7_4_1_1_30981147-3-eng-GB_Cropped-1606947461france

ފްރާންސްގެ ކުރީގެ ރައީސް، ވެލެރީ ގިސްކާޑްް ޑިއެސްޓައިން ކޮވިޑް 19ގައި އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީއިރު އުމުރުފުޅަކީ 94 އަހަރެވެ.

ގޮސިޔާ

1974 އިން 1981 އަށް ފްރާންސްގެ ރައީސްކަން ކުރެއްވި ވެލެރީ ގިސްކާޑްގެ ފަރާތްޕުޅުން އާއިލާއިން ވިދާޅުވިގޮތުގައި އެމަނިކުފާނު އަވަހާރަވީ ހާލުކޮޅު ވަރަށްބޮޑަށް ދެރަވެގެންކަމަށެވެ. އަދި ހަމައެހެންމެ އެމަނިކުފާނުގެ ޖަނާޒާގެ ކަންތައް ކުރިއަށްދާނީ އެމަނިކުފާނު އެދުނުގޮތަށް ޕްރައިވެޓްކޮށް ކަމަށްވެސް އާއިލާއިން މައުލޫމާތުދެއްވިއެވެ.

ވެލެރީ ގިސްކާޑް އަވަހާރަވީއިިރު، އެމަނިކުފާނު ގެންދެވީ ހިތުގެ މައްސަލަތަކަށްވެސް ފަރުވާހޯއަދަވަމުންނެވެ. އަދި ހަމައެހެންމެ، ދޭތެރެ ދޭތެރެއިން ނޭވާލުމުގައި ދަތިފުޅުވާތީ ފަރުވާ ހޯއްދެވިކަމަށްވެސް ބޭރުގެ ނޫސްތަކުން މައުލޫމާތު ދެއްވިއެވެ.

އެމަނިކުފާނު އަވަހާރަވުމުގެ ސަބަބުން އެތަކެއްބައެެއްގެ ތައުޒިއާގެ މެސެޖުތަށް އެމަނިކުފާނަަށާއި އެމަނިކުފާނުގެ އާއިލާއަށް ފޮނުވަމުން އެބަގެންދަވައެވެ.

ކޮވިޑް 19 ގެ ސަބަބުން ދުނިޔެއިން އެތަކެއް ބައެއްގެ ފުރާނަ ގޮސްފައިވާއިރު، މީގެ ތެރޭގައި އެތަކެއް މަޝްހޫރު ބޭފުޅުންވެސް ހިމެނެއެވެ. ގާތްގަޑަކަށް 64.4 މިލިއަން މީހުންނަށް މިހާތަނަށް ކޮވިޑް 19 ޖެހިފައި ވާއިރު، އޭގެ ތެރެއިން 1.49 މިލިއަން މީހަކު ވަނީ މިބަލީގައި މިދުނިޔެ ދޫކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ