
ކާގޯ ފެރީގެެ ހިދުމަތް ދުބާއީ އާއި ރާއްޖެއާއި ދެމެދުގައި ފަށައިފި
EU1CVVVUMAc9kyz
އެސްޓީއޯގެ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދުބާއީ އާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައިފިއެވެ.

ރާއްޖެއާއި ދުބާއީ އާއި ދެމެދުގައި ކާގޯ ދަތުރުތައް ކުރުމުގެ މަސައްކަތް އެ އެ ކުންފުނިން ފަށާފައިވާ ކަމަށް އެމްއެސްއެސް އިން ފެށިކަން އިއުލާން ކޮށްފައިވަނީ މިއަދު އެކުންފުނިން ކުރި ޓުވީޓެއްގައެވެ. އެމްއެސްއެސް މެދުވެރިކޮށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކުންނާއި މިކަމާއި ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެކުންފުންޏާއި ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެމްއެސްއެސް އިން ވަނީ ވިދާޅުވެފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ދުބާއީ އިން މާލެއަށެވެ.
https://twitter.com/stateshippingmv/status/1333692697194815488?s=20
ދުބާއީ އާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށިއިރު ރާއްޖެއިން މިހާރު ވަނީ އަވައްޓެރި އިންޑާއާއި ދެމެދު ވެސް ކާގޯޯ ފެރީގެެ ހިދުމަތް ފަށާފައެވެެ.
ރާއްޖެއިން ބޭރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ސީދާ މުދާ ގެނެއުމަކީ ސަރުކާރުގެ އެއް ވައުދެވެ. އެގޮތުން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާއި ދެމެދު ވަނީ ކާގޯ ފެރީގެ ޙިދުމަތުން މިއަހަރު ސެޕްޓެމްބަރު މަހު ގުޅުވާލެވިފައެވެ. އަދި ވޭތުވެދިޔަ މަހު ވަނީ އައްޑު އަތޮޅުގެ ހިތަދޫއާއި ހުވަދު އަތޮޅުގެ ގދ. ތިނަދޫއާއި ދެމެދު ވެސް ވަނީ ފަށާފައެެވެ.