logoEN
Sto top
މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އަލުން ހިންގަން ފަށައިފި

މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އަލުން ހިންގަން ފަށައިފި

އަހުމަދު ޝުރާއު

logo

10/4/2021, 9:30:27 AM

Villa-Airport-Maamigili-lowres-3

ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ އެއާއިން އދ. މާމިގިލީގައި ހަދާފައިވާ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އަލުން ހިންގަން ފަށައިފި އެވެ.

Wamco

މާމިގިލީގައި ހިންގާ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށާއި ފްލައިމީން ރާއްޖޭން ބޭރަށް ދަތުރު ފަށަން ސިވިލް އޭވިޝަން އޮތޯރިޓީގެ ހުއްދައަށް އެދުމުން އެ ހުއްދަ މިހާރު ވަނީ އެކުންފުންޏަށް ލިބިފައި އެވެ. ސިވިލްއޭވިއޭޝަންގެ ހުއްދަ ލިބިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ހުއްދައަށް ކުންފުނިން އެދިފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.

ވިލާއެއާއިން ވަނީ ހުއްދަތަށް ލިބުމާއިއެކު އދ މާމިގިލިން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ތައްޔާރުވެފައި އެވެ. ދަތުރުތަށް ފުރަތަމަ ފަށަން ނިންމި ތާރީހަކީ 29 ވަނަ ދުވަސް ނަމަވެސް އިންޓަނޭޝަނަލް ހުއްދަ ލިބުނީ އޭގެ އެއްދުވަސް ފަހުންނެވެ. މިއާއި އެކު ދަތުރުތަށް ފެށާނެ ތާރީހެއް އަލުން އިއުލާނެއް ކުރާނެ ކަމަށް ވިލާއެއާއިން ވަނީ ބުނެފައި އެވެ.

ވިލާއެއާއިން މައުލޫމާތު ދޭގޮތުގައި އެއެއާޕޯޓު ވަނީ މިހާރު ބައިނަލަގްވާމީ ދަތުރުތަކަށް ތައްޔާރުވެފައި އެވެ. އެގޮތުން މާމިގިލީގައި 120 މީހުން ޖާގައިގެ ލައުންޖަކާއި އެރައިވަލް ހޯލެއް ވެސް ވަނީ މިހާރު އެއާޕޯޓުގައި ތަރައްޤީކޮށްފައި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމްގެ ވިލާ ގްރޫޕުން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓް ތަކަށް ހުޅުވާލަން މީގެ ކުރިން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުންޏަށް ދޫކުރި އެ ހުއްދަ ބާތިލް ކުރުމުން އެކަން ކުރެވޭގޮތް ނުވީ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC