logoEN
cocacola
އިންޓައަށް މޮޅެއް، ރެއާލް ޕްރެޝަރުގައި

އިންޓައަށް މޮޅެއް، ރެއާލް ޕްރެޝަރުގައި

1229895643.0

ރޭ ޗެމްޕިއަންސް ލީގުގެ ކުޅުނު މެޗުތަކުގެ ތެރެއިން ޔޫކްރެއިންގެ ޝަހުތަރު ޑޮނެކްސް އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން 0-2 ގެ ތަފާތުން ރެއާލް ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިގެންހިގައިދާނެ ކަމުގެ ބިރަށް ހުށަހެޅުނު އިރު، އިންޓަ 3-2 ގެ ތަފާތުން ޖަރުމަނުގެ ބްރޯޝިއާ މުންޗެގްނެލްބެކް މައްޗަށް ކުރި ހޯދާއިފިއެވެ.

ގޮސިޔާ

ގްރޫޕް ބީ ގެ ކޮންމެ ޓީމަކުންވެސް ފަސް މެޗު ކުޅުފައިވާއިރު ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު މުންޗެންގްލަޑްބެކް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އިންޓަ ހަތަރެއްގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ.

ގްރޫޕްގެ ފަހު ދެ މެޗު އަންނަ ހަފްތާގައި ކުޅޭއިރު، ރެއާލް އަމިއްލަ ދަނޑުގައި ކުޅޭނީ މުންޗެންގްލަޑްބެކާ ދެކޮޅަށެވެ. އަނެއް ބުރުގެ ޖާގަ ޔަގީންކުރަން ރެއާލަށް މި މެޗުން މޮޅުވުން މަޖުބޫރެވެ. އެ މެޗު އެއްވަރުވެއްޖެނަމަ މުންޗެންގްލަޑްބެކަށް ފުރުސަތު ލިބޭ ގޮތަށް އޮތްއިރު އެ ޓީމު ބަލިވެއްޖެނަމަ ދެން އެ ޓީމަށް ފުރުސަތު ގެއްލޭނީ އިންޓަ އިން ޝަހުތަރު ބަލިކޮށްފިނަމަ އެވެ. ޝަހުތަރަށް ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ. އިންޓަ އަށް އެ މެޗުން މޮޅުވުން މަޖުބޫރެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ޝަހުތަރު އަތުން ބަލިވެފަ އެވެ. އޭގެ ބަދަލުހިފަން ރޭ ރެއާލުން ނުކުތް ނަމަވެސް ޝަހުތަރު ވަނީ ރެއާލަށް އެއްވެސް ފުރުސަތެއް ނުދީ މި މެޗުން ވެސް މޮޅުވެފަ އެވެ. ޝަހުތަރުން ދެ ގޯލު ވެސް މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރިއިރު، ފުރަތަމަ ގޯލު ޖެހީ ގގެޙީ ޑެންޓީނިއޯ އެވެ. އަދި ދެ ވަނަ ގޯލު ޖެހީ މަނޯ ސަލޮމަން އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ކޮލިފައިވުމުގެ ފުރުސަތު ހަނިވެފައި މި ވަގުތަށް އޮތް ނަމަވެސް އޭނާ މަގާމުން އިސްތިއުފާނުދޭނެ ކަމަށާއި ކުރިއެކޭ އެއްގޮތަށް ޓީމުގެ ހާލަތު ބަދަލުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ