logoEN
cocacola
އޮންލައިންކޮށް ކައިވެނިކޮށްދިނުން ހުއްޓާލައިފި

އޮންލައިންކޮށް ކައިވެނިކޮށްދިނުން ހުއްޓާލައިފި

އަޙްމަދު ޖަމީލު

logo

12/2/2020, 11:43:35 AM

1483705693

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުން ހުއްޓާލައި ކުރިން އަމަލުކުރަމުން އައި ގޮތްތަކަށް ފެމެލީ ކޯޓުން ކައިވެނި ކޮށްދިނުން ރުޖޫއަކޮށްފިއެވެ.

ގޮސިޔާ

ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޮންލައިންކޮށް ކައިވެނިކޮށްދިނުން އިއްޔެއިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

އަދި ކުރިން އެ ކޯޓުން ކޮށްދެމުން ދިޔަހެން ކައިވެނިކުރުމަށް ކޯޓުން ބޭރަށް ގޮސް، އަދި ކޯޓަށް ހާޒިރުވެެ ކައިވެނި ކުރެވޭނެ ކަމަށެވެ. މި ބަދަލަށް އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެެވެ.

ކޯވިޑް-19 އާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށްދިނުން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އިރު އެހެން ކޯޓުތަކުން ވަނީ ހުރިހާ ޝަރީއަތްތަކެއް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށާފައި އެވެ. ކޯވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ފެށީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ