
ސްކޫލް ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ބަލަނީ
rapethree20160105_571_855
ރާއްޖޭގެ ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ 15 އަހަރުގެ ފިރިހެން ކުއްޖަކު، އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

އެ ފިރިހެން ކުއްޖާ ވަނީ، އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް އެއްބަސްވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ޗެޓު ލޮގްތަކުގައި 15 އަހަރުގެ ފިރިހެން ދަރިވަރަކު ވަނީ އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް އެއްބަސްވެފައެވެ.
މި ޗެޓް ލޮގްތަކުގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެން ގިނަ ބަޔަކު އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑު ކިޔަމުން ދަނިކޮށް އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެ އެވެ.
ދައުރުވަމުންދާ ޗެޓްލޮގް ތަކުގައި ފިރިހެން ދަރިވަރު ބުނެފައި ވަނީ އޭނާ މިދިޔަ އަހަރު ކުއްޖަކު ރޭޕް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ އޭނާ މައާފަށް އެދޭ ކަމަށެވެ.