މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
ޝަރީފްގެ ނަން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްވާފައި ވަނީ މަޖިލިހުގެ ޖަލްސާ ފެށުނުތަނާއެވެ. މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށް ތައްޔާރުވަމުން ދިއަ އިރު ވެސް، ޝަރީފް ގެންދެވީ، ކޯފާ އިސް ކުރައްވައި، ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.
މެމްބަރު ޝަރީފާއި އިތުރު މެމްބަރަކު ހިތްހަމަނުޖެހުން އުފެދިގެން ޒުވާބު ކުރާ އަޑު އިވުނަސް އެ ދެ މެމްބަރުން ދެއްކި ވާހަކައެއް ސާފެއް ނުވެއެވެ.
މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ޝަރީފްގެ އަރިހުން މަޖިލިހުގެ ރައީސް ވަނީ އެދިވަޑައިގެންފައި އެވެ. ނަމަވެސް، އަދުގަދަ ކުރުން ހުއްޓާނުލެއްވުމުން، މަޖިލިހުގެ ރައީސް ނަޝީދު ވަނީ ޝަރީފްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެދިފައެވެ.
މިއަދު ޝަރީފު މަޖިލީހުން ނެރުނީ އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތާއި މެދު އުފެދުނު ޚިޔާލު ތަފާތުވުމުން ކަމަށް ނަޝީދު ވަނީ ފަހުން ވިދާޅުވެފައެވެ.