logoEN
cocacola
ގެންގުޅެނީ އަގު ބޮޑު ފޯނެއް، ފޮނުވަނީ "ކޯލް މީ ބެކް"

ގެންގުޅެނީ އަގު ބޮޑު ފޯނެއް، ފޮނުވަނީ "ކޯލް މީ ބެކް"

އަޙްމަދު ޖަމީލު

logo

12/7/2020, 5:58:50 PM

960x0

މާލޭގައި ހުރި ރަހުމަތްތެރިއަކު ރަށަށް އައިސް ކަރަންޓީންގެ މުއްދަތު ހަމަ ކޮށްލާފައި ފޭސްބުކުން މެސެއްޖެއްކޮށްލިއެވެ. މާލެ ކައިރީ ރިސޯޓެއްގައި މަސައްކަތް ކުރާ ރަހުމަތްތެރިޔާ އާއި ބައްދަލު ކޮށްލަން ރެސްޓޯރެންޓަކަށް އޭނާގެ ދައުވަތަަކަށް ދިޔައިމެވެ. ދުވަސް ކޮށްލާފަ ދިމާވުމުން ރަހުމަތްތެރިއާ ކައިރިން އޭނާގެ ދިރިއުޅުމުގެ ކަންކަން ދަނީ ކިހިނެއްތޯ އަހާލަމުން ކޯފީ އަކަށް އޯޑަރު ކޯށްލީމެވެ.

ގޮސިޔާ

ކޯވިޑްގެ ހާލަތުގައި އޭނާގެ ވަޒީފާ މި އަހަރު ޖޫން މަހު ގެއްލުނު ވާހަކަ ބުންޏެވެ. އަދި މާލޭގެ ފިހާރައެއްގައި މަސައްކަތް ކޮށްގެން ލިބުނު އެއްޗަކުން ނޫޅެވިގެން ރަށަށް އަންނަން މަޖުބޫރުވި ވާހަކަ ވެސް އޭނާ ކިޔައިދިނެވެ. އޭނާގެ އަނބިދަރީންގެ ވާހަކަ ތަކާއި މާލީ ހާލަތު ގޯސް ވާހަކަ އެވެ. މިހެން ގޮސް ބައިވަރު ވާހަކަ ދެކެވުނު އިރު އޭނާ އަށް ރަށުން ރަނގަޅު ވަޒީފާއެއް ލިބިދާނެތޯވެސް އަހަރެން ކައިރިން އެހިއެވެ.

ދެމީހުން ދުނިޔޭގެ ވާހަކައިގައި ތިއްބާ ކުއްލިިއަކަށް އޭނާ ޖީބުން ނަގަލީ 20 ހާހަށް ވުރެ މަތިން އަގު އުޅޭ ފަހުގެ ފޯނެކެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ވެސް ތިޔައީ ހާދަ ރީތި ފޯނެކޭ ބުނެވިއްޖެއެވެ. ދިރިއުޅުމުގެ ހާލަތު ގޯސް ވެގެން އެވާހަކަ ދެއްކި އަހަރެންގެ ރަހުމަތްތެރިޔާގެ ރާގު ބަދަލުވީ އަހަންނަށް އެ ފޯނު ރީތިވާހަކަ ބުނެވުމުންނެވެ. އެ ފޯނަކީ އޭނާ މަހުން މަހަށް ފައިސާ ދައްކާގޮތަށް މީގެ ދެ މަސް ކުރިން ނެގި ފޯނެއްކަން އަހަރެން ގާތުގަ ވަރަށް ފަޚުރުވެރިވެލާފައި ބުނެފިއެވެ. އަދި ފޯނު ގެ މޮޅު ކަމާއި ފޯނުގެ ކޮލަޓީ އަހަންނަށް ދައްކަން ފަށައިފިއެވެ. ރަނގަޅެވެ. ރީތި މޮޅު ފޯނެކެވެ. އަގު ވެސް ރީއްޗެވެ. އޭނާ ބުނާ ގޮތުން އެ ފޯނުގެ ޖުމްލަ އަގު 21 ހާހަށް އަރައެވެ. ފޯނުގެ މޮޅެތިވާހަކަ ދައްކާ ނިންމާލަމުން އެ މޮޅު ފޯނާއި ކުޅެންފަށައިފިއެވެ. ފޯނުގެ ތެރެއަށް ޢަރަގުވެގެން ދިޔަ އިރު އަހަންނަށް ބަލަން ހުރެވުނެވެ. އަހަންނަށް އިނދެވުނީ މި ދަތި ހާލުގައި އޭނާ އަށް އަގު ބޮޑު ފޯނެއް މުހިންމުވީ ކޮން ސަބަބަކާއި ހުރެ ކަމެއް ނޭނގިފައެވެ.

ކުއްލިއަކަށް އޭނާ އަހަރެންގެ ފޯނުން މީހަކަށް ގުޅައިދިނުމަށް އެދުނެވެ. މާބޮޑު ކަމަކަށް ނަހަދާ އޭނާ އަތަށް ފޯނު ދިނުމުން އޭނާ ގުޅަން އުޅުނު މީހަކަށް ގުޅައި ވާހަކަ ދައްކަން ފެށިއެވެ. "ކޯލް މީބެކް ޖަހާ ޖަހާ ނުގުޅީމަ ރައްޓެއްސެގެ ފޯނުން މި ގުޅީ"

އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަގު ބޮޑު މޮޅު ފ|ޯނުން މިީހަކަށް ގުޅޭގޮތެއް ނުވިއެވެ. މަލާމާތުގެ ހިނިގަނޑެއްވެސް އަހަންނަށް ޖަހާލެވުނެވެ. ފޯނު ބޭއްވުމަށް ފަހު އަހަރެން އޭނާ ކައިރިން ބިލް ކަނޑާލީތޯ ސުވާލު ކޮށްލީމެވެ. ޖަވާބުގައި އެނާ ބުނީ މިހާ ދަތި ދަނޑިވަޅެއްގައި ފޯނަށް ލާރި އަޅައިގެން އުޅުމަކީ ބޭކާރު ކަމެއްކަމުގައެވެ. ދާ ކޮންމެ ތަނެއްގައި ވައިފައި ހުންނަވާހަކަ އޭނާ ބުންޏެވެ.

ތެދެކެވެ. ވަރަށް ވެސް އުނދަގޫ ދަތި ދުވަސްތަކެކެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެނިހެން ބޭކާރު ޚަރަދު ކުރުން މަޑުޖައްސާލަން ޖެހުނު މި ދަނޑިވަޅު އެންމެ ރަނގަޅަށް ވިސްނަން ޖެހޭނެ އެކަކީ އަހަރެންގެ ރަހުމަތްތެރިޔާއެވެ. އެހެން ނަމަވެސް އެނާ އަށް އަނބިދަރިންގެ ޚަރަދާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ކުރަން ޖެހޭ ޚަރަދައްވުރެ މުހިންމީ އަގު ފަލަ ފޯނެއް ގަތުމެވެ. ވަޒީފާ އެއް ނެތެވެ. ފައިސާ ހޯދާނެ ގޮތެއް އަދި ފެންނާކަށް ނެތެވެ. ނުކައި ނުބޮއެ ހުއްޓަސް އޭނާ ބޭނުންވާ ކަންތައް އޭނާ ކޮށްފިއެވެ. ބޮޑު ދަރަންޏެއް ބޮލުގަ އަޅުވާއިގެން އެ ގަތީ ނުކުޅެދޭ ފޯނެކެވެ. މީހަކަށް ނުގުޅޭ ފޯނެކެވެ. ފޯނުގެ ހަގީގީ ބޭނުންވެސް އަހަންނަށް އޮޅުން އަރައިފިއެވެ.

ފަހަރުގައި އޭނާގެ ވިސްނުން ކޮށީ ކަމެއް ނޫނީ އަހަންނަށް ޒާމާނަށް ފެތެން ނޭނގެނީ ކަމަށް ގަބޫލުކޮށްގެން އޭނާ ކައިރީގައި ފަހުން ބައްދަލުވާނެ ކަމަށް ބުނެ އަހަރެން ހިނގައިގަތީމެވެ. ދަމުން ބިލް ދައްކާފައި އަހަރެން ދިޔައީ ބިލް ދެއްކޭނެހާ ފައިސާއެއް އޭނަ އަތުގަ ނެތަސް އެ މޮޅު ފޯނަކުން މީހަކަށް ނުގުޅޭނެކަން އިނގޭތީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ