logoEN
ޕީއެންސީ 2
އެންމެ ކައިރީގަ ހީފާ އުޅޭ ރައްޓެހިން، ވާނޭ ފަހުން ބޭވަފާ

އެންމެ ކައިރީގަ ހީފާ އުޅޭ ރައްޓެހިން، ވާނޭ ފަހުން ބޭވަފާ

8 (1)

ޒަމާނާއި އެކު އަހަރަމެންގެ ދިރިއުޅުންވެެސް ބަދަލުވެއްޖެއެވެ. އެކުވެރިންނަށް ވުރެ "މާތް" ބަޔެއް ހަމަ ނޫޅޭ ކަހަލަ އެވެ. އާއިލާއާއި ގާތްތިމާގެ މީހުންނަށް ވުރެ ރަހުމަތްތެރިޔާ ރަނގަޅީ ތޯއްޗެކެވެ. އަނބިގޮއްޔެއަށް ވުރެ ރަހުމަތްތެރިޔާ ގާތެެވެ. އަނބިގޮއްޔެގެެ ރުޅިގަނޑު ފަޅައިގެން ދިޔައިމަ ނޫނި ގެެޔަށް އާދެވޭ ކަމަށްވެސް ނުވެއެވެ. ރަހުމަތްތެރިންގެެ އަވައިގައި މުޅިމީހާ ޖެެހި ދުނިޔަވީ ހުރިހާ ކަމަކުން މީހާ މަހުރޫމުވެ ދާ ޒަމާނަކީ މީތާއެވެ. އެހެން ނަމަވެސް ދައްކަން މިއުޅެނީ ރަނގަޅު ރަހުމަތްތެެރިން ނޫޅޭ ވަހާކައެއް ނޫނެވެ. ރަނގަޅު ކަމަށް ދެކޭ ގޯސް ރަހުމަތްތެރިންގެ ވާހަކައެވެ.

ޝަރީ 2024

ބޮޑު ކަމަކާ ލައިގަންނަ އިރު ފުރާނަ ފަދަ ރަހުމަތްތެރިން ވަދެ މިފިލަނީ ކޮންތާކަށް ހެއްޔެވެެ. ދުނިޔެެ މަތީގައި ވެސް ނެތް ވަރުގެ މޮޅު މީހަކަށް ހެދި ކޮންމެ ދަނޑިވަޅެއްގައިވެސް ގާތުގައި އެހީއަށް ހުންނާނަމޭ ބުނެ ގޮސް ވަގުތު ޖެހޭ އިރު "ރާޑަރަށް" ވެސް ހަމަ ނާރަނީއެވެ. ދެން ދައްކަން މިޖެހެނީ ޗައިލްޑްހުޑް ބެސްޓް ފްރެންޑުގެ ވާހަކައެވެ. މައިންބަފައިން "ސެޓް" ކޮއްދޭ ޗައިލްޑް ހޫޑް ބެސްޓް ފްރެންޑް މި އޮންނަނީ ވަކި ހިސާބަހުން "އިގްނޯ" ޓެގް ޖަހާފައެވެ. ބޮޑުވެ ތަންދޮރު އޮޅުން ފިލީމައި ގޮސް ފްރެންޑްލިސްޓްއިންވެެސް މި ކޮށްލަނީ "އަންފްރެންޑް" އެވެ. ދެން މިޖެހެނީ އަނެއްކާވެސް އެހެން ބެސްޓްފްރެންޑެއްގެ އިންތިޒާރުގައި ދުވަސް ގުނާލަ ގުނާލާ، ހާއި ޖަހާލަ ޖަހާލައި ހުންނަންށެވެ. މިވާގޮތެއް ހަމަ ވިސްނޭ ވަރެއް ނުވެއެވެ. އުމުރު ހުސްވާއިރުވެސް ހުންނަން މިޖެހެނީ ގާތް ރަހުމަތްތެރިއެއް ލިބޭނެ ކަމުގެ އިންތިޒާރުގައެވެ. ލައްގަލޭ ލައްގަލޭ މައިން މަގަށް ލައްގަލޭ ކިޔާލަ ކިޔާލަ އެވެެ.

ގޯސް ރައްޓެހިންގެ ސަބަބުން ގެއްލުން މިލިބެނީ ހަމައެކަނި އަމިއްލަ ނަފުސަށް އެކަންޏެއް ނޫނެވެ. ގިނަފަހަރު "ލޯބިން ގުޅޭ ދެ ހިތެއް ސަފުން" ވަކިވެގެން ދާންވެސް މިޖެހެނީ ހަމަ މިބުނާ ރައްޓެހިންގެ އަވާގައި ޖެހިއެވެ. ލޯބިވެެރިޔާގެ ކަންކަމަށްވެސް ބަސްބުނުމުގެ ހައްޤު އަމިއްލަ މީހާއަށް ވުރެ ރަހުމަތްތެރިޔާއަށް އެބަ އޮވެއެވެ. ނޭގި ވިޔަސް މިއޮންނަނީ ސްޕޯކްޕާސަންއެއްވެސް ހަމަޖެއްސިފަތާއެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ތެރެއަށް ވެސް މިބުނާ ކަހަލަ ރަހުމަތްތެރިން ނުފޫޒް ވަދެ އަމިއްލައަށް ގޮތް ނުނިންމޭ ދަރަޖައަށް ކަންކަން ދާހިސާބަށް އެބަދެއެވެެ.

ދެންއޮތީ ރަހުމަތްތެރިންގެ މެދުގައި ކޮށްއުޅޭ ސަމާސާއާއި ޖެއްސުމުގެ ވާހަކައެވެ. ސަމާސާ ވިހަވާ ހިސާބަށް ކަންކަން ދާ ވަގުތުތަށްވެސް މަދެއްނޫނެެވެ. އަދި ގިނަ ފަހަރު އެންމެ ގާތް ރަހުމެއްތެރިޔާއާއި ހިއްސާ ކުރާ ސިއްރު މައުލޫމާތުވެސް "މަޖާ" ވެގެންވެސް ގޮސް މި ބުނެވެނީ ކަމާ ނުވެސް ބެހޭ ބައެއް ކައިރީގައެެވެ. އަމިއްލަ ނަފްސު މި ހުށަހެޅެނީ ހަނގާ ގެ ޝިކާރައަކަށެވެ. މިކަމުގެ ސަބަބުން ނަފްސަށް ނަފްސާނީ ގިނަ އުނދަގޫތަކާއި ކުރިމަތިލާން އެބަޖެހެެއެވެ.

ކޮންމެއަކަސް މީ "ރައްޓެހިން"ގެ ސޮފްހާގެ ތެރޭގައި އެންމެންނަށް ވެސް އިނގޭ އެކަމަކު އެއަށް މާ ބޮޑު ފަރުވާލެއް ބަހައްޓަން ބޭނުން ނުވާ ހަޤީޤަތެކެވެ. ގޯސް ރައްޓެހިން ކިތަންމެ ގިނަޔަކަސް އެކު އުޅޭ މީހުންގެ ތެރޭގައި ވެސް މަދު ބަޔަކު ހެޔޮއެދިގެން ދިމާވާ ދަތިތަކުގައި އެ މީހަކާއެކީ އުޅެއެވެ. އެ ދަތި ދުވަސްތަކުން އަރައިގަންނަން އެހީވާ މީހުން އަބަދުވެސް ހަދާން ބަހައްޓާށެވެ. އެއީ ހަމަ ޖަވާހިރު ކަހަލަ ބަޔަކެެވެ. މަދުން ނޫނީ ނުލިބޭނެ ފަދަ ހެޔޮ ރަހުމަތްތެރިންނެވެެ.

އަހަރަމެން އެންމެެންވެސް ދަންނަ ލަވައިގެ ކަނޑިއެއް އޮވެއެވެ. "އެންމެ ކައިރީގަ ހީފާ އުޅޭ ރައްޓެހިން، ވާނޭ ފަހުން ބޭވަފާ" އެވެެ. މިއީ ފުންކޮށް ވިސްނައިފި ބަޔަކަށް އެހާމެ މާނަފުން ކަނޑިއެެކެވެ. އެހެން ކަމުން އަމިއްލަ ނަފްސާއި މެދު ވިސްނާލަން ހިނގާށެވެ. ތިމާއަށް ހެޔޮ އެދޭ ރަހުމަތްތެރިން ހޯދާނީ ހަމަ ތިމާއެވެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ