އުރީދޫގެ ހިދުމަތްތަކަށް ބުރޫއަރައިފި

ރާއްޖޭޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އޫރީދޫ ނެޓްވޯކްގ ހިދުމަތްތަކަށް ބުރޫއަރައިފި އެވެ.

އެގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އުރީދޫގެ ނެޓްވޯކުން އެއްވެސް ނަންބަރަކަށް ގުޅޭގޮތް ވަނީ ނުވެފައެވެ. އަދި އޫރީދޫގެ އިންޓަނެޓް ހިދުމަތްތަކަށް ވެެސް ވަނީ ބުރޫ އަރާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުރީދޫގެ ހިދުމަތްތަކަށް ބުރޫއަރަން މެދުވެެރިވި ކަރަންޓަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އަދި ހިދުމަތް އަނބުރާ ދިނުމަށް އުރީދުއިން ކުރި މަސައްކަތް ކާމިޔާބުވެފައިވަނީ 30 މިނިޓަށް ވުރެ ގިނަ އިރުވި ފަހުންނެވެ.

އުރީދޫއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެެފައިވާ ގޮތުގައި ކުއްލިއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އުރީދޫގެ އިންޓަނެޓް ހިދުމަތްތަކާއި މޯބައިލް ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. އެހެން ނަމަވެސް ޖެހުނު މައްސަލަ ދެނެގަނެވި މައްސަލަ ހައްލުކުރުމަށް އުރީދޫގެެ އިންޖިނިޔަރުން މަސައްކަތްކުރަމުން އަންނަކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އުރީދޫއިން ވަނީ ކަސްޓަމަރުންގެެެ ފަރާތުން މާފަށް އެދިފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް