.jpg?w=3840&q=75)







DSC_0306
ގދ ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެެ ފޮނުވާލި އެކަކު ނިޔާވެެއްޖެ އެވެ.
" ގާފު" އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި ނިޔާވެެފައިވަނީ އިތުރު ފަރުވާއަށް މާލެ ފުރުވާލައިފައިވާ މީހެކެވެެ. އަދި އެމީހާއަށް ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި އެވެ. އެމީހާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެވެެ.
ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވަނީ ގޭސް ލީކްވެގެން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަލިފާން ރޯވީ ރާސްތާ ނަމަކަށް ކިޔާ މަސް ދޯންޏެއްގައެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ޖުމްލަ ހަތަރު މީހަކަށް ހޮސްޕިޓަލުގެ ވޯޑުގައި ވަނީ މިހާދިސާއާއި ގުޅިގެން ފަރުވާ ދީފައެެވެ. އަދި ދެމީހަކު އިތުރު ފަރުވާއަށް މާލެެ ފުރުވާލާފައެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)



