logoEN
cocacola
ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020: އޮކްސް ވިމެންސް އަދި އޭބީވައިޓީ ފައިނަލަށް

ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020: އޮކްސް ވިމެންސް އަދި އޭބީވައިޓީ ފައިނަލަށް

އަހުމަދު ޝުރާއު

logo

12/1/2020, 12:25:28 PM

DSC_2646

ޑަބްލިއުޑީސީ ހިޔަލަ ފުޓްސަލް މުބާރާތް 2020 ގެ ފައިނަލްގެ ޖާގަ އޮކްސް ވިމެންސް އަދި އޭބީވައިޓީއިން ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

ގްރޫޕް ސްޓޭޭޭޖުގައި ކުޅުނު ފަހު މެޗުގައި އޮކްސް ވިމެންސް އަދި އެބީވައިޓީ ކުޅުނު މެެޗު ނިމުނީ 1-1 ގެ ނަތީޖާއެކުންނެވެ. މިއާއި އެކު ގްރޫޕްގެެ އެެންމެ މަތީގައި އޮވެ މި ދެޓީމް ވެސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެެ. ރޭގެެ މެޗު ފެނިގެން ގޮޮސްފައިވަނި ފޯރި ގަދަ މެޗެެއް ގޮތުގައި އެވެ. މެޗުގެ ފުރަތަމަ ގޯލު ކަމިޔާބު ކުރީ އޭބީވައިޓީ އިންނެވެެ. އަދި އޮކްސްއަށް ނަތީޖާ އެެއްވަރު ކުރެެވުނީ ދެވަނަ ހާފުގައެވެ.

ރޭޭގެެ މެެޗަށް ދެޓީމު ނުކުތް އިރު 3 ޓީމަކަށް ފައިނަލްގެ ފުރުސަތު އޮތެެވެެެ. އެެއީ އޯއެކްސް ވުމެެންސް އަދި އޭބީވައިޓީގެ އިތުރުން އައުޓްލޯޒް ކުއީންސް އެވެެ. އައުޓްލޯޯޒް އަށް ގްރޫޕް ސްޓޭޭޭޖުގައި ކުޅުނު ފަހު މެޗުން ލިބުނީ ހިތްދަތި ނަތީއްޖާއެވެ. ޓީމް އޭބީވައިޓީއިން އައުޓްލޯޯޒް ކޮޅަށް ޖެެހި 5 ގޯޯލާއި އެކު ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު އައުޓްލޯޯޒްއަށް ކެޑިގެން ދިޔައެވެެ. އަދި ޓީމް އޭބީވައިޓީ ވެސް ޕްރެޝަރަށް ވެެއްޓުނެވެ. އޭބީވައިޓީ ރޭގެ މެޗުން ބަލިވިނަމަ ފައިނަލަށް ދާނީ އޮކްސް އާއި އައުޓްލޯޒް އެވެ. އަދި ފައިނަލް ގެ ޖާގަ އަށް އެންމެ ފުރުސަތު ބޮޑު އަދި ތާވަލުގެ އެންމެ ކުރީގައި އޮތް އޮކްސް އަށް ފުރުސަތު ގެއްލެން އޮތް ހަމަ އެކަނި ގޮތަކީ 6 ލަނޑު ގެ ތަފާތަކުން އޭބީވައިޓީ މޮޅުވުމެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 3 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެެ ރޭޭގަނޑެެވެެ. މި މެޗު "ގާފު" ން ލައިވް ކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ