އަސާސީ ޚިދުމަތްއެއްގެ ގޮތުގައި ރައްޔިރުންނަށް ފޯރުކޮށްދޭން ޖެހޭ ކަރަންޓާއި ނަރުދަމާއާއި ފެނުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ފެނަކަ ކޯޕްރޭޝަން އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 35 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަ ކޮށްފި އެވެ.
މިއީ ކުންފުނީގެ ތާރީޚުގައިވެސް މާލީ ގޮތުން ލިބުނު އެނެމް ބޮޑު ކާމިޔާބީކަން ފާހަގަ ކުރަމުން އެކުންފުނިން ބުނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނަކައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަަދި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެ އަހަރު ތެރޭ ކުންފުންޏަށް ލިބޭ ފައިދާ އިތުރު ކުރެވުމަކީ ހިންގުމުގެ ނިޒާމަށް ގެނައި ބަދަލުގެ ހަރުދަނާކަން ފެންނަ ކަމެއް ކަމަށްވެސް ފެނަކަ އިން ބުންޏެވެ.
އަދި މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލިބުނު ސާފު ރިޕޯޓް ކަމަށް އެ ކުންފުނިން ބުންޏެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރު 18 އިން ފެށިގެން މިއަދާއި ހަމައަށް ފެނަކަ ކޯޕަރޭޝަނުން 49 އާ އިންޖީނުގޭގެ މަސައްކަތް ފެށުމާއި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށްފައިވެ އެވެ.