
ރައީސް އޮފީހުން ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް
big_w6KzTrNZhDjj4Ov0CHX1ic0Yl
2019 ވަނަ އަހަރު ރައީސް އޮފީހުން މާލީ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި ރައީސް އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ރައީސް އޮފީހުން ކޮށްފައިވަނީ އެ އަހަރަށް ރައީސް އޮފީހަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ.
ރައީސް އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އެކި އެލަވެންސް ތަކާއެކު ޖުމްލަ 110 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެެ.
މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހަށް ފާސްކޮށްފައިވަނީ 121 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.