logoEN
cocacola
ގދ ގައްދޫގެ ރިންގުރޯޑު ހެދުމުގެ އަަމަލީ މަަސައްކަތް ފަށައިފި

ގދ ގައްދޫގެ ރިންގުރޯޑު ހެދުމުގެ އަަމަލީ މަަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/29/2020, 10:00:44 PM

Screenshot 2020-11-29 at 21.58.49

ގދ ގައްދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެރަށުގައި ތަރައްގީކުރާ ރިންގްރޯޑުގެެ މަސައްކަތުގެ އަމަލީ މަަސައްކަތް ފަށައިފި އެވެ.

ގޮސިޔާ

ރޯޑް ޑިވެެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިޔަށް ގެންދާ މި މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން އެރަށުގައި ތަރައްގީކުރާ ރިންގްރޯޑުގެެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެރަށުގެ ކައުންސިލް މެެމްބަރުންނެވެ. ރިންގްރޯޑުގެ ގޮތުގައި އެެރަށުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ވަތަބަނޑޭރި މަގެވެ.

ގައްދޫ މަގުހެދުމުގެެ މަޝްރޫއު އާރްޑީސީއާއި ހަވާލުކުރެެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެެރޭގައި އެެވެެ. ގައްދޫ މަގުހެދުމުގެ މަސައްކަތުގެ ކޮންޓްރެކްޓު އަގަކީ 75.7 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ދަށުން އެރަށުގެ ހަ މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެއެވެ.

އެ ރަށުގައި ހަ ކިލޯމީޓަރުގެ މަގު ހަދަން ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ނަމަވެެސް ކޮވިޑާއި ހެދި މަގުހެދުމުގެ މަސައްކަތް ވަނީ މީގެ ކުރިން މަޑުޖައްސާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ