logoEN
ކޮކާކޯލާ
ބާސާ އަށް މޮޅެއް , މެސީގެ ޓިރިބިއުޓް މަރަޑޯޯނާއަށް

ބާސާ އަށް މޮޅެއް , މެސީގެ ޓިރިބިއުޓް މަރަޑޯޯނާއަށް

ގާފު އެޑިޓޯރިއަލް

logo

11/29/2020, 10:11:55 PM

messi-maradona-tribute-1

މިއަދު ސްޕެނިޝް ލީގު ބާސެލޯނާއާއި އަދި އޮސަސުނާ ބައްދަލުކުރި މެޗުގައި ބާސާ އަދި އާޖެންޓީނާގެ ތަރި ލައޮނަލް މެސީ ވަނީ ހިތްގައިމު ގޯލަކާއިއެކު ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އަށް ގޯލު ސެލެބްރޭޝަނުގައި ޓިރިބިއުޓެއް ދީފައެވެ.

އަބުޅޯ

ބާސާ އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ މެސީ ވަނީ ފޯވާޑް ޓްރިންކާއޯ ދިން ބޯޅައަކުން ގޯލް އޭރިޢާ ބޭރުން ޖެހި ބާރު ހަމަލާ ގޯލަށް ވައްދާލާ، ސެލެބްރޭޝަނުގައި މެރަޑޯނާ ނިއުވެލް އެފްސީ އަށް ކުޅެދިން ޖާރޒީއެއް ސަޕޯޓަރުންނަށް ދައްކަދީފައެވެ. މިއީ މަރަޑޯނާ ސީޒަން 94/1993 އާރޖެންޓީނާ ގެ ނިއުވެލް އެފްސީ ކުޅެދިން ޖާރޒީއެކެވެ. ނިއުވެލް އެފްސީ އަކީ މެސީ ފުރުތަމަ ކުޅުނު ކްލަބްކަން ފާހަނގަކޮށްލެވެއެވެ.

މުޅި މެޗުގައި ބާރސާ ގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެކެވެ. 0-4 ގެ ތަފާތުން ބާރސާ މޮޅުވި މ މެޗުގެ ފުރުތަމަ ގޯލު ކާމިޔާބު ކޮށްދިނީ ނަވާވީސް ވަނަ މިނެޓުގައި ބާސާ ގެ ފޯވާޑް ބްރެއިތްވެއިޓް އެވެ. އަދި އޭގެ ފަހުން އެންޓޯނީ ގްރީޒްމަން ވަނީ ފުރުތަމަ ހާފް ނިމެން އުޅެނިކޮށް ވަރަށް ހިތްގައިމު ގޯލެއް ޖަހާ ބާސާ އިން މެޗުގެ ލީޑު ނަގައިދީފައެވެ.

އަދި ދެވަނަ ހާފްގައި ބާސާ ގެ ކުޅުންތެރިންގެ ފަރާތުން ފަރާތުން ފެނިގެން ދިޔައީ ފުރުތަމަ ހާފަށް ވުރެވެސް މޮޅު ކުޅުމެކެވެ. ދެވަނަ ހާފް ފަށައިގެން މާ ގިނައިރެއް ނުވަނީސް ބަޔާނުން ބާސާ އަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލް ގެ ފިލިޕް ކޫޓީނިއޯ ވަނީ ގްރީޒްމަން ދިން ބޯޅަ އަކުން ފަސޭހަ ގޯލެއް ޖަހާފަވެ. އެއަށް ފަހު މެސީ ވަނީ ޓިރިންކާއޯ ދިން ބޯޅަ އަކުން ޑިފެންސް ފޫއަޅުވާލާފަ އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލާއި އަމާޒުކޮށް މެޗުގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ