logoEN
cocacola
ކައުންސިލްގެ ރައީސް އަށް ކައުންސިލަރެއްގެ މުސާރަ ނުހިފެހެއްޓޭނެ - އެލްޖީއޭ

ކައުންސިލްގެ ރައީސް އަށް ކައުންސިލަރެއްގެ މުސާރަ ނުހިފެހެއްޓޭނެ - އެލްޖީއޭ

Admin

logo

9/14/2021, 8:44:52 AM

1C734C47-B7F2-43F5-921C-5D0BC8553259 (1)

ކައުންސިލްގެ ރައީސް އަށް ކައުންސިލަރެއްގެ މުސާރަ ނުހިފެހެއްޓޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ގދ ތިނަދޫ ކައުންސިލަށް އަންގައިފި އެވެ.

ގޮސިޔާ

ތިނަދޫ ކައުންސިލް މެމްބަރު މުހައްމަދު ޒަލީފް އަބްދުالله ގެ މުސާރަ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ހިފަހެއްޓި މައްސަލައާއި ގުޅިގެން އެލްޖީއޭއިން ތިނަދޫ ކައުންސިލްގެ ރައީސްއަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފައި އެވެ. މިސިޓީ އެލްޖީއޭއިން ތިނަދޫ ކައުންސިލަށް ފޮނުވާފައިވަނީ ޒަލީފްގެ މުސާރައިން ޒަލީފްއަށް ދޭންޖެހޭ މުސާރާއިގެ ދެބައިކުޅަ އެއްބައިކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވުމާއި އެކުގައި އެވެ.

އެގޮތުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއި ކުރައްވާ ފޮނުވި މި ސިޓީގައި ބުނެފައި ވަނީ ކައުންސިލަރުންގެ މުސާރައާއި އިނާޔަތަކީ ވަކިމިންވަރެއް ކަނޑައެޅިގެން ދެވޭ އެއްޗަކަށްވާ އިރު އެޓެންޑެންސް ޝީޓެއްގެ ސަބަބުން މުސާރައަށް ބަދަލެއް އަތުވެދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި އެފަދަ ކަމަކާއި ހުރެވެސް އެއްވެސް ފަރާތެއްގެ މުސާރައާއި އިނާޔަތް ކައުންސިލްގެ ރައީސްއަށް ނުހިފެހެއްޓޭނެ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކައުންސިލަރުންގެ ހާޒިރީއާއި މުވައްޒަފުންގެ ހާޒިރީއަށް ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ގަޑިއަށް ހާޒިރުވާ ފަރާތްތަށް ނޯޓްކޮށް ބެލެހެއްޓުމާއި އެފަރާތްތަކުން ހާޒިރީގައި ސޮއިކުރުމާއި އެކަންކަން ކަށަވަރުކުރުމަކީ އިދާރީ އިންތިޒާމުގެ ތެރެއިން ވަކި މުވައްޒިފަކު ޖާމިނުވާ އަދި އެންމެ އިސް އިދާރީ މުވައްޒަފު ކަށަވަރު ކުރައްވާ ކަމަކަށްވާތީ އެފަރާތްތަކުން އެކަންކަން ކަށަވަރުކުރައްވާ ހާޒިރީ ފައިނަލް ކުރެއްވުމުން ކައުންސިލްގެ ރައީސަށް މުސާރަ ހިފެހެއްޓިދާނެކަމަށް ނުދެކޭ ކަމަށްވެސް ސިޓީގައި ބުނެފައި ވެެއެވެ.

މިއާއި އެކު ޒަލީފްގެ ހިފަހައްޓާފައިވާ މުސާރައާއި އިނާޔަތުގެ ތެރެއިން ހާޒިރުވެފައިވާ ދުވަސްތަކުގެ މުސާރައާއި އިނާޔަތްތަށް ޒަލީފްއަށް ދޫކުރުމަށް އެލްޖީއޭއިން ވަނީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އަށް އަންގާފައި އެވެ. އަދި ހަމައެއާއި އެކު ހާޒިރީ ކަންކަމުގައިއާއި އެނޫންވެސް ކައުންސިލަރުންގެ ކަންކަން ތަފާތު ކުރުމެއް ނެތި ސުލްހަވެރުކަމާއެކު ހައްލުކުރުމަށް މަސައްކަތް ކުރުމަށް ތިނަދޫ ކައުންސިލު އިދާރާގެ އެންމެހާ ކައުންސިލަރުންނަށާއި ކައުންސިލް އިދާރާއަށް އެލްޖޭއިން ވަނީ ނަސޭހަތްތެރިވެފައި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ޒަލީފްގެ މުސާރަ ހިފެހެއްޓި މައްސަލަ ވަނީ މިދޭތެރެއިން ވަރަށް ބޮޑަށް ހޫނުވެފައި އެވެ. މެމްބަރު ޒަލީފް އޮޅުވާލައިގެން މުސާރަ ނަގަމުންދާ ކަމަށް ބުނެ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއްވެސް ހުށަހަޅުއްވާފައި އެވެ.

މުސާރައިގެ އިތުރުން ކައުންސިލްގެ ރައީސް އާއި ޒަލީފްއާއި ދެމެދު ހިތްހަމަނުޖެހުންތަކެއްވެސް މީގެ ކުރިން ވަނީ އުފެދިފައި އެވެ. އެހެން ނަމަވެސް މިހާރު ރައީސް އާއި ކައުންސިލަރާއި ދެމެދު އުފެދުނު މައްސަލަތަށް ހައްލުކޮށް ދެފަރާތުން ވެސް މަސައްކަތް ކުރަމުންދަނީ ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ