ގއ ގެމަނަފުށިން ގއ ވިލިނގިއްޔަށް ގެންދިޔަ ބަލިމީހާއާއި ސީއެމްބިއުލާންސުން ހަވާލުވީ އަތޮޅު ހޮސްޕިޓަލްގެެ ނަރުހަކާ ކަމުން ބަލިމީހާގެ ޒިންމާ އެވަގުތުން ފަށައިގެން ނަގަންޖެހޭނީ ގއ ވިލިނގިލީ ހޮސްޕިޓަލުން ކަމަށް ގެމަނަފުށީ ސިއްހީ މަރުކަޒުން ބުނެފިއެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ގެމަނަފުށިން ހާލު ދެރަވި ބަލި މީހަކު ސީއެމްބިއުލާންސްގައި ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލަށް ގެންދަން އެދުނު ކަމަށާއި ސީއެމްބިއުލަންސް ގެމަނަފުއްޓަށް ދިޔުމުން ބަލިމީހާއާ ހަވާލުވީ އަތޮޮޅު ހޮސްޕިޓަލްގެ ނަރުހެއް ކަމަށް ގއ ގެެމަނަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރ އަހުމަދު މުއާޒް ވަނީ ވިދާޅުވެފައެެވެ. " ގާފު " އަށް މައުލޫމާތު ދެމުން މުއާޒް ވިދާޅުވި ގޮތުގައި އެހެން ހޮސްޕިޓަލް ތަކުންވެސް އަމަލު ކުރާ އުސޫލުގެެ ތެރެއިން ބަލިމީހާ އަތޮޅު ހޮޮސްޕިޓަލަށް ބަދަލުކުރުމަށް އެދުމުން އަތޮޅު ހޮޮސްޕިޓަލުން ސީއެމްބިއުލާންސް ފޮނުވި ކަމަށާއި ސީއެމްބިއުލާންސަށް ބަލި މީހާ ޓްރާންސްފާ ކުރެވުނު އިރު ބަލިމީހާގެެ ހޭންޑްއޯވާ ހަވާލު ކުރީ އަތޮޅު ހޮސްޕިޓަލުން ސީއެމްބިއުލާންސްގައި ފޮނުވި ނަރުސް ކުއްޖާއަށް ކަމަށެވެ. އަދި ބަލި މީހާ ނަރުސް ކުއްޖާއާ ހަވާލު ކުރެވުނު އިރު ބަލިމީހާގެ ކޮންޑިޝަން ނަރުސް ކުއްޖާއާއި، ބަލިމީހާ ބެއްލެވި ޑޮކްޓަރު ހިއްސާ ކޮޮށްފައިވާނެ ކަމަށްވެެސް ވިދާޅުވިއެވެ. އަދި ބަލިމީހާއާއި ގުޅުންހުރި ހުރިހާ ޑޮޮކިއުމެންޓެެއް ނަރުހާއި ހަވަލުކުރުވުނު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މުއާޒް އިތުރަށް ވިދާޅުވިގޮޮތުގައި ބަލި މީހާގެ ހޭޭންޑްއޯވާ ހެދުނު އިރު ބަލި މީހާއަކީ އޮކްސިޖަން ބޭނުންވާ ބަލިމީހެެއްކަން ހޮޮސްޕިޓަލުން ބަލިމީހާއާއި ހަވާލުވި ނަރުހާއި ހިއްސާކޮށްފައިވާނެ ކަމަށް ބެެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ބަލިމީހާ ސީއެމްބިއުލާންސަށް ޓްރާންސްފާ ކުރި ވަގުތުން ފަށައިގެެން ބަލިމީހާގެެ ފަރުވާއާއި ހަވާލުވާނީ އަތޮޅު ހޮސްޕިޓަލްކަން ވަނީ ފާހަގަކުރައްވާފައެވެ.
ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފު އަހުމަދު " ގާފު " އަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި ބަލިމީހާ ސީއެމްބިއުލާންސްގައި ރަށަށް ގެނައި އިރު ބަލި މީހާއަކީ އޮކްސިޖަން ބޭނުންވާ ބަލި މީހެއްކަން އަންގާފައި ނުވާކަމަށާއި އަދި އެތަނަށް އެމްބިއުލާންސް ފުރަތަމަ ފޮނުވި އިރު އެމްބިއުލާންސްގައި އޮކްސިޖަން ނުފޮނުވާ ކަމަށެވެެ.
ގއ ގެމަނަފުށިން އޮކްސިޖަން ގުޅައިގެން ގއ ވިލިނގިއްޔަށް ސީއެމްބިއުލާންސްގަައި ގެނައި ބަލިމީހާ ނިޔާވެފައިވަނީ މިއަދުގެެ ހަވީރުގެެ ވަގުތެެއްގައެވެ. ނިޔާވެެފައިވަނީ 79 އަހަރުގެ ފިރިހެނެކެވެ.