ގއ ގެމަނަފުށީ ސިއްހީ މަރުކަޒުން ގއ ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ބަލިމީހާ އެރަށަށް ގެނައި އިރު ބަލިމީހާއަކީ އޮކްސިޖަން ބޭނުންވާ ބަލިމީހެއް ކަން އަންގާފައިނުވާ ކަމަށް ގއ އަތޮޅު ހޮސްޕިޓަލުން ބުނެެފިއެވެ.
ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފު އަހުމަދު " ގާފު " އަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި ބަލިމީހާ ސީއެމްބިއުލާންސްގައި ރަށަށް ގެނައި އިރު ބަލި މީހާއަކީ އޮކްސިޖަން ބޭނުންވާ ބަލި މީހެއްކަން އަންގާފައި ނުވާކަމަށާއި އަދި އެތަނަށް އެމްބިއުލާންސް ފުރަތަމަ ފޮނުވި އިރު އެމްބިއުލާންސްގައި އޮކްސިޖަން ނުފޮނުވާ ކަމަށެވެެ.
ޝަރީފު އިތުރަށް ވިދާޅުވިގޮތުގައި ހޮސްޕިޓަލްގެ ޕްރޮޓޮކޯލް އިންނަ ގޮތުން ނަމަ ހޮސްޕިޓަލަށް ސީއެެމްބިއުލާންސްގައި ގެންނަ ބަލި މީހަކު ބަލާ އަންނަން ބުނާނަމަ އެ ގެންނަ ބަލިމީހަކީ އޮކްސިޖަން ބޭނުންވާ ކޭސްއެއްކަން އަންގަން ޖެެހޭޭނެ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް އެކަން އަންގާފައި ނުވާ ކަމަށް ރިސެޕްޝަނުން އެނާއަށް އަންގާފައިވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެެވެ.
މިވަގުތު ލަފާކުރެވެނީ ބަލި މީހާ ނިޔާވީ ހާޓްއެެޓޭކްއެއް ޖެހިގެެން ކަމަށް ޝަރީފު ވަނީ ވިދާޅުވެެފައެވެ. އެހެން ނަމަވެެސް މިވަގުތު މި މައްސަލަ ހޮސްޕިޓަލުން ތަހުގީގު ކުރަމުން ދާކަމަށާއި އިހްމާލްވި ފަރާތަތަކާއި މެދު ތަހްގީގަށް ފަހު ފިޔަވަޅު އަޅާނެ ކަމަށްވެެސް ޝަރީފު ވިދާޅުވިއެވެ.
ގއ ގެމަނަފުށިން އޮކްސިޖަން ގުޅައިގެން ގއ ވިލިނގިއްޔަށް ސީއެމްބިއުލާންސްގަައި ގެނައި ބަލިމީހާ ނިޔާވެފައިވަނީ މިއަދުގެެ ހަވީރުގެެ ވަގުތެެއްގައެވެ. ނިޔާވެެފައިވަނީ 79 އަހަރުގެ ފިރިހެނެކެވެ.
6 Responses
ވިލިނގިލީ ހޮސްޕިޓަލާ ހަވާލޔވެގެން ހުންނަ ޝަރީފް ކިޔާ މީހާއަށް ސަރުކާރަށް ސަނާކިޔާފަ އެހެން ކަމެއް ކުރާނެ ވަގުތެއް އެބަވޭތަ؟ ބޯގޯސް ކޮހެއް ތިތާ ބެހެއްޓިޔަސް ތިއަށްވުރެ ރަނގަޅުވާނެ، އޭނާގެ ކަމަކީ "ޔާމީން ސަރުކާރު- މިސަރުކާރު – އިބްސޯލިޙް – ރަނުން ރަނަށް" ދުވާލު ހަތަރުދަމު ރޭހަތަރުދަމު މިހެން ގޮވާލަ ގޮވާލަ ހުރުން. ޢެމްބިއުލާބްސް ދާ ކޮންނެ އެމެޖެންސީ ޚާއްސަކޮށް އެއީ ރަށުން ބޭރު ކޭހެއްްނަމަ ކޮން ޕްރޮޓޮކޯލެއް، އޮކްސިޖަން ގެންދަންޖެހޭނެ. ބޮޑުކޮހެއްތީ؟ އާ، ތީ ކޮހެއް، އެ މަރުގެ ޒިންމާ ނަގާތި
ހޮސްޕިޓަލް އެމްބިއުލާންސް ގައި ކޮންމެ ގަޑިއެއްގަ ބަލިމީހަކު ގެނައި ކަމުގަ ވިޔަސް އޮކްސިޖަން ލިބެން ޖެހޭނެ.
ގެމަނަފުށި ސިއްޙީ މަރުކަޒުން ބަލިމީހާއަށް އޮކްސިޖަން ބޭނުންވާކަން އެންގި
ރަނގަޅު ސިފަކުރުމެއް. އޭނަގެ ކަމަކީ ސަނާކިޔާ، ބައިސާ ކެނޑުން.
ރަނގަޅު ސިފަކުރުމެއް. އޭނަގެ ކަމަކީ ސަނާކިޔާ، ބައިސާ ކެނޑުން.
މި މީހުންގެ އިހުމާލުން މީހަކަށް ގޮތެއްވެއްޖިއްޔާ އަބަދުވެސް ނުބައި ކުރާނީ ބަލި މީހާ! މަރުކަޒު ބަންދު ކޮށްފަ ގޭގަ ތިބެން ވީނު