ގއ ގެމަނަފުށިން އޮކްސިޖަން ގުޅައިގެން ގއ ވިލިނގިއްޔަށް ސީއެމްބިއުލާންސްގަައި ގެނައި ބަލިމީހަކު އެރަށު އެމްބިއުލާންސްގައި އޮކްސިޖަން ނެެތުމުގެ ސަބަބުން ހާލު ގޯސްވެ ދާދި ދެންމެއަކު ނިޔާވެއްޖެެ އެވެ.
ބަލިމީހާ ވިލިނގިއްޔަށް ގެނެސްފައިވަނީ ގއ އަތޮޅު ހޮސްޕިޓަލްގެ ސީއެމްބިއުލާންސްގައެވެ. " ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިމީހާގެ ހާލު ދެރަވީ ސީއެމްބިއުލާންސިން ބަލިމީހާ އެމްބިއުލާންސަށް އެެރުވުމަށް އޮކްސިޖަން ނައްޓާލުމުންނެވެ. އަދި އެމްބިއުލާންސަށް ބަލިމީހާ އަރުވުން އުޅުނު ވަގުތު ބަލިމީހާ ތުރުތުރު އަޅާފައި ތެޅެން ފުށުމާއި އެކު އެެމްބިއުލާންސްގައި އޮކްސިޖަން ނެތުމުގެ ސަަބަބުން އަނބުރާ ސީއެމްބިއުލާންސަށް އެރުވުމަށް ފަހު އޮކްސިޖަން ދެމުން ދަނިކޮށް ބަލިމީހާގެ ހަރަކާތަ ހުއްޓުނީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ބަލިމީހާ ގއ ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ ނިޔާވެެފައެވެ.
މިކަމާ ގުޅިގެން ގއ އަތޮޅު ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް ގާފުން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
17 Responses
ވިލިނގިލީ ހޮސްޕިޓަލް މެނޭޖާރ އަށް ވަރަށް ވެދުމާއި ސަލާމް. ސަރުކާރުގެ ހޮޅި ވައުދުތައް ފޭސްބުކްގައި ޝެއަރކުރުމަށްވުރެން މާ ތާހިރުވާނެ ތި ހެލްތު ޕޯސްޓުގެ ކަންތައް ބެލެހެއްޓިއްޔާ! ނުވާނަމަ އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވާ!
މިސަރުކާރުގެ ހެލްތް މިނިސްޓްރީއަށް ދޭންވީވެސް އޭ ރިޕޯޓެއް
ތާއީދު
ހަމަ ރަނގަޅު ވާހަކަ އެއް ތިވިދާޅުވޫ…
އޮކްސިޖެން ނެތި ސީއެމްބިއުލާންސް އިން އޮކްސިޖެން ޑިސްކަނެކްޓް ކުރުމަކީ މައްސަލައެއް..
ޅަޑެޔާވާނީ ލަޑެޔާއައް! Ok
އޮކްސިޖަންގަ އޮތް ބަލިމީހަކުބަލާ އޮކްސިޖަން ނުލާ ހޮސްޕިޓަލުން ދިއުމަކީ މައްސަލައެއް.
އެ ނޫން ކަމެއް އެމީހާގެ އޮވޭތަ؟ އޭނާގެ ކަމަކީ ޔާމީނަށް ވަގަށް ގޮވާފަ، ސޯލިހް އަށް ރަނުން ރަނަށް ގޮވުން، އެކަން ކޮށްފަ އެހެން ކަމެއް ކުރާނެ ވަގުތެއް އޮވޭތަ އެމީހާގެ؟ އެރަށު މީހަކު ބުނީ އެއީ ސަރުކާރުން އެރަށު ރައްޔިތުންބަށް ދިން ބޮޑު ލަނޑެއް ކަމަށް، ނޭނގުނު މަށަށް އެބުނި އެއްޗެއް.
ޟ
ހުވާ މިބުނީ މުޅި ވިލިނގިއްޔަށާއި މުޅި ގއ.އަތޮޅަށް ލިބިފަތިބި ހުތުރު އަރުވާ ބައެއް މީ. ސޯލިހުގެ ސަރުކާރަށް މިނޫން މީހަކު މިތަނަކަށްލާން ނުފެނުނު. އަންނިއާއި ސޯލިހު ޔާމީނަށް 1 އަހަރުންވެސް ނުކުރާވަރު މީނަ 1 ގަޑިއިރުތެރޭ އެބަކުރޭ ފޭސްބުކުގަ. މީނަ ރަނގަޅުވާނީ ލޫކާސް މެންގޮތަށް އެމްޑީޕީގެ ޓުވިޓަރޭމެންގެ ގުރޫޕަށް ލައިދިނިއްޔާ. ގއ.އަތޮޅު މީހުންނަށް ސަރުކާރުން ގާއިމުކޮށްފަހުރި ހެލްތު ޕޯސްޓުގެ ކަންކަން ހަމަ ބޮއްސުން ލައިގެން ހިނގައްޖެ. ސޯލިހުގެ ސަރުކާރުން މިއަތޮޅުގެ މީހުންނަށް ދިން ބޮޑު ލަނޑެއް ތީ! އިސްތިއުފާ ވިލިނގިލީ ހެލްތްޕޯސްޓުގެ މެނޭޖަރ.
މިމެނޭޖަރަށްވުރެ ގިނައިން ސެލްފް ޕްރޮމޯޓްކުރާ މީހެއް ހަމަ ޔަގީނުންވެސް ނުހުންނާނެ. ހީވަނީ ވަޒީފާގެ މަސްއޫލިއްޔަތަކީވެސް އަމިއްލަ ފޮޓޯނަގައިފައި ފޭސްބުކާއި ވައިބަރ ގްރޫޕްތަކުގައި ޖެހުން ހެން.
މެނޭޖަރު ކީއްކުރާނީ..ވަރުވަރުގެ މީހުން އޮކްސިޖަން އުފުލަން ލާފަ ހުރީ.އޮކްސިޖަން ނުލާ ދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެކަން އޮޕަރޭޓްކުރި ބައެއް.ކޮންމެ ކަމެއްވީމަ މެނޭޖަރު ބޮލުގަ އަޅުވާނެ ކަމެއްނެތް.ކޮބާ އެހެންމީހުންގެ ޒިންމާ؟މެނޭޖަރު ބުނެފަ އޮންނަނީ އޮކްސިޖަން އަބަދުވެސް އެމްބިއުލާންސްގައި ބެހެއްޓުމަށް.
ވިލިނގިލި ނޫން އެހެން ޙައްލެއް ގއ ރައްޔިތުން ބޭނުންވޭ.. ވަޞީލަތްތައް ނެތް ކަމަށް ސަރުކާރަށް ދައްކަން ގަސްތުގައި ކުރި ކަމަކަށްވެސް ވެދާނެ.. ރަނގަޅު ތަޙުޤީޤެއް ކުރަން ފެނޭ..
ތި މެނޭޖަރަކީ ޔާމިންގެ ސަރުކާރުން ވަޒީފާ ދިން މީހެއް، ފޮނި ކިނުރުވެރި ބޮޑާ މީހެއް ތިޔައީ، އޭނަ ހުންނަ ޕާޓީއެއް އޭނަޔަކަށްވެސް ނޭގޭ، ފުރަތަމަ އޭނަގެ ޒިންމާ އޭނަޔަށް އަދާ ނުވޭ، މިހާރުން މިހާރަށް ވަޒީފާއިން ވަކިކުރަން ޖެހޭ
ތިޔަ ހޮސްޕިޓަލުގައި ތިބެނި މުޅިން ސިޔާސީގޮތުން ވަޒީފާދީފަ ތިބޭ ނާގާބިލު މީހުން
ދެންވެސް މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކޮށްބަލަ
ކަމެއް ވާ އިރަށް އިބޫ ފޯކޭ އަންނި ފޯކޭ ޔާމީނު މުންޖޭ ނުކިޔާ. އެހެންޔާ މި ގައުމުގަ އެކަނި ވެރިކަމެއް އޮތީ
މެނޭޖަރަކީ ތަންދޮރުދަންނަ މީހެއް ނަމައެއްނުން ؛މީހަކުކިޔާ އެއްޗެއްވެސް އަމިމްލަޔަށްވެސްކިޔޭ އެއްޗެއް އިނގޭ ބީތާއެއްނޫން؛އާއެހެންޏާ އެމްޑީޕީ އެކްޓިވިސްޓެކޯޓ