logoEN
cocacola
ކޮވިޑް19 ޖެހިފައިވާ މާބަނޑު އަންހެނަކު، ހަށިގަނޑުގައި "އެންޓިބޮޑީ" އެކުލެވޭ ކުއްޖަކު ވިހައިފި!

ކޮވިޑް19 ޖެހިފައިވާ މާބަނޑު އަންހެނަކު، ހަށިގަނޑުގައި "އެންޓިބޮޑީ" އެކުލެވޭ ކުއްޖަކު ވިހައިފި!

ގާފު އެޑިޓޯރިއަލް

logo

11/30/2020, 1:50:51 AM

2

ސިންގަޕޫރަށް ނިސްބަތްވާ މި މާބަނޑު އަންހެންމީހާ ވަނީ މާޗް މަހުގައި ކޮވިޑް19 އަށް ފައްސިވެފައިވެއެވެ. އަދި ކޮވިޑް19 އަށް ފައްސިވި މި އަންހެންމީހާ މިމަހު 7ގައި ވިހާފައިވާއިރު، ވިހެއި ދަރިފުޅު ވަނީ، ނޮވެލް ކޮރޯނާ ވައިރަސް އަށް ނައްސިވެފައި ވެއެވެ. ނަމަވެސް ކޮވިޑް19 ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި ވައިރަސްއިން ރައްކާތެރި ވުމަށް އުފައްދާ "އެންޓިބޮޑީ" ނުވަތަ ބަލިތަކުން ދިފާއުވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާ ސެލްތަކެއް ކުޑަކުއްޖާގެ ހަށިގަނޑުން ފެނިފައިވާކަމަށް މިއަންހެން މީހާއަށް ޙަވާލާދީ ސިންގަޕޫރު ނޫހެއް ކަމުގައިވާ "ސްޓްރެއިޓްސް ޓައިމްސް ނިއުސްޕޭޕަރ" އިން ރިޕޯޓްކޮށްފައި ވެއެވެ.

ގޮސިޔާ

ޑޮކްޓަރުން ލަފާކުރާގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާ "އެންޓިބޮޑީ" މަންމަގެ ފަރާތުން މާބަނޑު ދުވަސްވަރު ދަރިފުޅަށް ވަނީ ބަދަލުވެފައެވެ. މި މާމަޑު އަންހެންމީހާ ވިހާފައިވަނީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލަށެވެ. ސިންގަޕޫރުގެ "ސްޓްރެއިޓްސް ޓައިމްސް ނިއުސްޕޭޕަރ" އިން ރިޕޯޓްކޮށްފައިވާގޮތުން، މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް އަދި ލިބޭގޮތެއް ވަނީ ނުވެފައެވެ.

ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާ ޑަބްލިއު. އެޗް. އޯ އިން ހާމަކުރާ ގޮތުގައި، މާބަނޑު މީހުންގެ ފަރާތުން ބަނޑުގައިވާ ކުޑަ ދަރިފުޅަށް ކޮވިޑް19 ވައިރަސް ނުވަތަ ވައިރަސްއާއި ގުޅިގެން މާބަނޑު މީހާގެ ހަށިގަނޑުގައި އުފައްދާ އެއްވެސް ބާވަތެއް މާބަނޑު ދުވަސްވަރުގައިވެސް އަދި ވިހެއުމުގެ ތެރެއިންވެސް ބަދަލުވެދާނެކަމެއް މީގެ ކުރިން އެނގިފައި ނުވެއެވެ.

މާބަނޑު ދުވަސްވަރު ކޮވިޑް19 އަށް ފައްސިވި މި އަންހެންމީހާ، ވިހެއި އިރު، ކޮވިޑް19ގެ ބަލިން ސަލާމަތްވެ ހަށިގަނޑުން ކޮވިޑް19ގެ އެއްވެސް އަސަރެއް ނެތެވެ. މިގޮތުން އެއްވެސް "ބޮޑީ ފްލުއެޑެއް" ގައި ވައިރަސްގެ އަސަރެއް ނެތެވެ. މައިމީހާ، ގާތުންދޭ ކިރުގައިވެސް ކޮވިޑް19ގެ ވައިރަސްގެ އަސަރެއް ފެނިފައި ނުވެއެވެ.

އޮކްޓޯބަރ 2020 ގައި ޝާޢިއުކޮށްފައިވާ ޖާނަލްއެއް ކަމުގައިވާ "އިމާޖިންގ އިންފެކްޝަސް ޑިސީސް" އިން ޗައިނާގެ ޑޮކްޓަރުންނަށް ހަވާލާދީ ލިޔެފައިވާ އާޓިކަލްއެއް ބުނާ ގޮތުން، މާބަނޑު އަންހެނަކަށް ކޮވިޑް19 ޖެހުމުން، "އެންޓިބޮޑީ" މައިމީހާގެ ފަރާތުން ދަރިފުޅަށް ބަދަލުވެއެވެ. ވިހާއިރު، މި "އެންޓިބޮޑީ"ގެ އަސަރު ދަރިފުޅުގައިން ފެނުނު ނަމަވެސް، ދުވަސްވާ ވަރަކަށް ދަށްވަމުންގޮސް، ހުންނަންޖެހޭ މިންވަރަށް ތިރިވާނެއެވެ.

ނިއުޔޯކުގެ ޕްރެސްބައިޓޭރިއަން، ކޮލަމްބިޔާ ޔުނިވާރސިޓީ، އައިރުވިންގް މެޑިކަލް ސެންޓަރ ގެ ފަރާތުން ޖަމާ ޕިޑިއޭޓްރިކްސްގައި އޮކްޓޯބަރ ގައި ހާމަކޮށްފައިވާގޮތުން، ކޮވިޑް19 ވައިރަސް މައިމީހާގެ ފަރާތުން ކުޑަ ދަރިފުޅަށް ބަދަލުވުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ ނާދިރުކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ