logoEN
cocacola
ހަޒާޑުގެ އިންޖަރީއާ އެކު، ރެއާލް ބަލި ވެއްޖެ

ހަޒާޑުގެ އިންޖަރީއާ އެކު، ރެއާލް ބަލި ވެއްޖެ

ގާފު އެޑިޓޯރިއަލް

logo

11/29/2020, 4:49:23 PM

1606601894_063437_noticia_normal

އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވެ ލަލީގާ ގައި ރެއާލް މެޑްރިޑް އަދި އަލާވެސް ބައްދަލުކުރި މެޗުން 2-1 ރެއާލް ބަލިވެ ވެއްޖެއެވެ.

ގޮސިޔާ

އެކަމަކު ކޯޗު ޒައިނުއްދީން ޒިދާން ވަނީ އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ބެލެވޭ ކަމަށް މެޗަށް ފަހު ބުނެފަ އެވެ. ޗެލްސީ ދޫކޮށް މިދިޔަ ސީޒަނުގައި 100 މިލިއަން ޔޫރޯ އަށް ރެއާލާ ގުޅުނު ހަޒާޑަށް މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ ސަބަބުން އެކަށޭނެ ކުޅުމެއް ނުދެއްކުނެވެ. މި ސީޒަނުގައި ވެސް އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލުނެވެ. އޭގެ ފަހުން ކޮވިޑަށް ޕޮޒިޓިވުމުން ވެސް ނުކުޅެ ހުންނަން ޖެހުނެވެ.

ހަޒާޑް ފޮނުވާލި ޝޮޓެއް ގޯލްކީޕަރު މަތަކޮށް ފޮނުވާލުމުން ރީބައުންސްގައި ޖަހަން އުޅެނިކޮށް ޑިފެންޑަރެއްގެ ހަމަލައެއް، ވާތު ކަކުލަށް އަމާޒުވީ އެވެ. ޕެނަލްޓީއަކަށް އެޕީލްކުރި ފައުލަކަށް ފަހު ލިބުނު އަނިޔާއާ ގުޅިގެން 28 ވަނަ މިނެޓުގައި އޭނާ ބާލައި ރޮޑްރީގޯ ވަނީ ސަބްސިޓިޓިއުޓް ކޮށްފައެވެެ.

ރެއާލުގެ ސެންޓިއާގޯ ބާރްނެބުއޭގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލޫކަސް ޕެރޭޒް، އަލަވެސް އަށް ކުރި ހޯދައިދިނެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 49 ވަނަ މިނެޓުގައި ޖެހީ ޖޮސެލޫ އެވެ. ރެއާލުގެ ހަމައެކަނި ގޯލް 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކަސެމިރޯ އެވެ.

މި ނަތީޖާއާ އެކު ރެއާލް އޮތީ 17 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑް އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ރޭ ވެލެންސިއާ އަތުން 1-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. ބާސެލޯނާ އޮތީ 11 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. މިރޭ އެ ޓީމު އަމިއްލަ ދަނޑުގައި އޮސަސޫނާއާ ވާދަކުރާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ