logoEN
cocacola
ސައުދުﷲ ގެ ތައުރީފް ސަންނައަށް

ސައުދުﷲ ގެ ތައުރީފް ސަންނައަށް

އަހުމަދު ޝުރާއު

logo

11/29/2020, 4:25:12 PM

Screenshot 2020-11-29 at 16.23.18

ކަޑެެއްދޫ އެއާޕޯޓާ ބެހޭގޮތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އިބްދުﷲ ސަނީފު (ސަންނަ) ދެއްކެވި ވާހަކަތަކަކީ އިގްތިސާދީ ނުވަތަ އުފެެއްދުން ތެރި ކަމުގެ ނަޒަރުން ބަލާއިރު ވަރަށް ރަނގަޅު ވާހަކަ ތަކެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ފޭސްބުކުގައި ޖެެހި ޕޯސްޓެއްގައި ސައުދުﷲ ވިދާޅުވީ ކާޑެއްދޫ އެއާޕޯޯޓާއި ބެހޭގޮތުން ސަނީފު މަޖިލީހުގައި ވިދާޅުވީ ވަރަށްވެސް މުހިންމު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވުމުން ހުވަދު އަތޮޅުގެ ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ޓިކެޓް ތަކަށް ކުރާ ހަރަދު ކުޑަވާނެ ކަމަށާއި ފަތުރުވެރިން ހުވަދޫ އަށް އައުމަށް ބޮޑު ބާރަކަށް އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ވާނެެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ.

ސައުދުﷲ ވަނި މަޖިލީހުގައި މިކަން ސަމާލުކަމަށް ގެނެސް ދެއްވި ކަމަށްޓަކައި ސަނީފުއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހުވަދު އަތޮޅަށް ބޭނުންވަނީ ސަނީފުފަދަ ބަސްބުނާ ފެންވަރުގެ މެމްބަރުންކަން ވިދާޅުވެެ ތައުރީފުވެސް ކުރައްވާފައެވެ.

ސަނީފަށް ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީގައި ޓުއަރިޒަމް ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ސަނީފް މިބަހުސްގައި ވިދާޅުވީ ދެކުނުގެ ސަރަހައްދުން ވަސީލަތްތައް ގިނަ އަތޮޅަކީ ހުވަދޫ އަތޮޅު ކަމަށާއި އައްޑޫ ގަމުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ނުވާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ