logoEN
cocacola
ޒަމާން ތަކަކަށްފަހު ތިނަދޫގައި "ބަޅެ ނޮންޓާ" ކުޅެނީ

ޒަމާން ތަކަކަށްފަހު ތިނަދޫގައި "ބަޅެ ނޮންޓާ" ކުޅެނީ

Admin

logo

9/6/2021, 10:12:54 AM

E40340A6-0CC5-4B6C-8A41-0C171164F81D-850x548-1

ތިނަދޫގައި އިހުޒަމާނުގައި ކުޅެމުން އައި ކުޅިވަރެއް ކަމުގައިވާ " ބަޅެ ނޮންޓާ " ތިނަދޫ އާބާދީ55 އާއި ގުޅިގެން ބާއްވާ ޚާއްސަ ހަރަކާތުގައި ކުޅުމަށް ތިނަދޫ ކައުންސިލުން ނިންމައިފި އެވެ.

ގޮސިޔާ

ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 55 އަހަރު ފާހަގަކުރުމުގެ ގޮތުން ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކަނބަލުންނަށް ޚާއްސަކޮށްގެން " ބަޅެ ނޮންޓާ " ކުޅުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ތިނަދޫ ކައުންސިލުން މިހާރު ވަނީ ތިނަދޫގެ ކަނބަލުންނަށް ހުޅުވާލާފައި އެވެ. އެހެންކަމުން މި ކުޅިވަރުގައި ބައިވެރިވާން ބޭނުންވާ ކަނބަލުން 9413846 ނަންބަރަށް ގުޅައި ނަންނޯޓު ކުރުމަށް ކައުންސިލުންވަނީ އެދިލައްވާފައެވެ.

ތިނަދޫ އާބާދީ 55 ގެ ހަރަކާތަށް ބޭއްވުމަށް ފުރަތަމަ ތާވްލްކުރެވުނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް ތިނަދޫއިން ކޭސްތަކެއް ފެނުމާއި އެކު އެތާރީހުވެސް ފަސްކުރި އެވެ. އެފަހަރު އެ ތާރީހް ފަސްކުރީ މިދިޔަ މަހުގެ 26-28 އަށެވެ. ނަމަވެސް ތިނަދޫ މޮނީޓަރިންގ ހާލަތުގައި އޮންނާނެ ކަމަށްބަލައި އެތާރީހް ފަސްކޮށް މިމަހު 10ވަނަ ދުވަހު އެހަރަކާތްތައް ބޭއްވުމަށް ކައުންސިލުންދަނީ މަސައްކަތްކުރަމުންނެވެ.

އާބާދީ 55 ފާހަގަކުރުމުގެ ގޮތުން ތިނަދޫގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން އާބާދީ 55 ގެ ފުޓްބޯޅަ މެޗުގެ އިތުރުން ރަސްމީ ޖަލްސާއަކާއި ތިނަދޫ އާބާދީމައިޒާނުގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ތިނަދޫ ކައުންސިލުން ވަނީ ނިންމާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ