logoEN
cocacola
ލޯބީގެ ގުޅުން ނުރައްކާތެރިކަން ދެނެގަންނާނެ ނިޝާންތައް!

ލޯބީގެ ގުޅުން ނުރައްކާތެރިކަން ދެނެގަންނާނެ ނިޝާންތައް!

ގާފު އެޑިޓޯރިއަލް

logo

11/29/2020, 2:54:25 PM

9

މުޖުތަމަޢު އަހަރަމެންނަށް ދަސްކޮށްދެނީ، ދިރިއުޅުމުގައި ބައިވެރިޔާއަށް ބަރޯސާވެ ދިރިއުޅުމަށެވެ. މިގޮތުން ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް އެކަކު އަނެކަކަށް އިތުބާރުކޮށް މިނިވަންކަމާއެކު އުޅުމުގެ ފުރުޞަތު އޮންނަންޖެހެއެވެ. މީހުން ބުނަނީ ލޯތްބަކީ ކަނު އަދިރިއެއްޗެކެވެ. އަދި ލޯބީގެ ގުޅުން، ބޮޑު ނުރައްކަލަކަށް ބަދަލުވެގެންދާއިރުވެސް، ގިނަ ބަޔަކަށް ރޭކާވެސް ނުލައެވެ.

ގޮސިޔާ

ލޯބީގެ މަކަރުވެރި ރޭވުމަކުން ނުވަތަ، ނުރައްކާތެރި ލޯބީގެ ގުޅުމަކުން ލިބިދާނެ ގެއްލުމަކަށް ލޯހުޅުވައި ހޭލުންތެރިވެ ތިބުން ވަރަށް މުހިންމެވެ. މިގޮތުން ކެހިވެރި ލޯބީގެ ގުޅުމެއްގައި ތިބާއަށް އުޅެވޭނަމަ، ބައެއް ކަހަލަ ނިޝާންތައް ފެންނާނެއެވެ. މިފަދަ ނިޝާނެއް ފެންނަ ނަމަ، މިއީ، ލޯބީގެ ގުޅުން ކުރިޔަށް ގެންދިޔުމާއިމެދު ފުންކޮށް ވިސްނަންޖެހޭ ހާލަތެކެވެ.

ލޯބިވެރިޔާއެކު ވަގުތު ހޭދަކުރަންޖެހުމުގެ ސަބަބުން ރައްޓެހިންނާއިއެކު ބޭރަށް ދިޔުމަށް ވަގުތު ނުލިބުން

ގިނަވަގުތު ލޯބިވެރިޔާއާއެކު އުޅުމުގެ ސަބަބުން ރައްޓެހިންނަށް ވަގުތު ނުދެވޭ ހެއްޔެވެ؟ އަދި ރައްޓެހިންނާއި ދިމާވާ ވަގުތު، ރައްޓެހިންނަށް ވަގުތު ނުދެވޭ ހެއްޔެވެ؟ މިއީ ލޯބީގެ ގުޅުން ނުރައްކާތެރި ކަމުގެ ނިޝާނެކެވެ. ކޮންމެ ގުޅުމެއްވެސް ވަރުގަދަވެ ހަރުދަނާވުމަށް މިނިވަންކަން ބޭނުންވެއެވެ. ލޯބީގެ ގުޅުން ހަރުދަނާ ކުރުމަށް އެކަކު އަނެކަކަށް މިނިވަންކަން ދޭށެވެ. ލޯބީގެ ގުޅުމުގެ ނަމުގައި މީހާ ބަދެވި، މިނިވަންކަން ގެއްލި ދުނިޔޭގެ ހުރިހާ އުފާތަކުން މަހުރޫމް ނުވާށެވެ. ގިނަވަގުތު ލޯބިވެރިޔާ އެކުގައި ހޭދަކުރުމަކީ ދެވި ހިފާކަމެކެވެ. މީއީ ލޯބީގެ ފުރަތަމަ ހަރުފަތްވެސްމެއެވެ. ނަމަވެސް ލޯބީގެ ގުޅުމުގައި މީހާ ބަދެވި، ނޭވާލުމަށްވެސް ބައިވެރިޔާގެ ހުއްދަ ހޯދަންޖެހޭ މިންވަރަށް ލޯބީގައި ނުޖެހޭށެވެ. އެހެންނޫނީ ލޯބަތްޓަކައި އުޅެން ހަދައިގެން އަމިއްލަ ފުރާނަޔަށް ނުރައްކާވާ ހިސާބަށްވެސް ދިޔުން ގާތެވެ.

undefined

ތިބާގެ ވޮލެޓް ނުވަތަ އަތްދަބަހުގައިވާ ފައިސާގެ ކޮންޓްރޯލް އޮންނަނީ ލޯބިވެރިޔާގެ އަތުގައި ހެއްޔެވެ؟

ލޯބީގެ ގުޅުމެއްގައި އިތުބާރަކީ ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް އަބަދުވެސް އަމިއްލަ ނަފްސު އިސްކުރާށެވެ. ލޯބިވެރިޔާ އާއި ވަކިވާންޖެހޭ ޙާލަތެއްވެސް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި ތިބާގެ ކޭޝްކާޑާއި، އެހެނިހެން އަގުބޮޑު ތަކެތި ލޯބިވެރިޔާގެ ބޭނުންތަކަށް ދޫކޮށްނުލާށެވެ. ތިބާ މަސައްކަތްކޮށްގެން ހޯދާ ފައިސާ ޚަރަދުކޮށް ބޭނުންކުރަންޖެހޭ ގޮތް ތިބާއަށް ނޭނގި، އެނގެނީ ހަމައެކަނި ބައިވެރިޔާއަށް ކަމުގައިވާނަމަ، އެއީ ވަރަށްބޮޑު މައްސަލައެކެވެ. މިއީ ލޯބީގެ ގުޅުން ރައްކާތެރި ނޫންކަމުގެ ނިޝާނެކެވެ.

އެކުގައި ދިރިއުޅުން ހޭދަކުރާ ދެމަފިރިން، ދިރިއުޅުމުގެ ބޭނުންތަކަށް ދެމީހުންނަށް ލިބޭ އާމްދަނީ ޚަރަދުކުރުން މައްސަލައެއް ނޫނެވެ. ނަމަވެސް އެމީހަކު ބުރަމަސައްކަތުން ހޯދާ ފައިސާއިން، އެމީހަކަށް މުހިންމު ކަންކަމަށް ޚަރަދު ކުރުމަށް ބައިވެރިޔާ ހުރަސްއެޅުމަކީ ރަނގަޅުކަމެއް ނޫނެވެ.

undefined

ލޯބިވެރިޔާ ތިބާގެ ފޯނު ބަލައި ޗެކްކުރޭ ހެއްޔެވެ؟

އެކަކު އަނެކެއްގެ ފޯނަށް އަންނަ، މެއިލް، ވައިބަރ މެސެޖް، ފޭސްބުކް މެސެޖް އަދި ގުޅާފަ ހުންނަ ނަންބަރުތައް ބަލައި ފާސްކުރާ ކަމުގައިވާނަމަ، މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުނަގާށެވެ. މިއީ ލޯބިވާ މިންވަރު ބެލުމެއް ނޫނެވެ. މިއީ، އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައިގަތުމެވެ. މިއީ ތިބާގެ ލޯބީގެ ގުޅުން ނުރައްކާތެރިކަން އަންގައިދޭ އެއް ނިޝާނެވެ. ލޯބިވެރިޔާގެ ފަރާތުން މިފަދަ ކަންތައްތަކެއް ފެންނަނަމަ ވިސްނާށެވެ. ފޯނުގެ ބެލެންސް ރުފިޔާ އިން 30 ލާރި މަދުވެގެންވެސް ދެމަފިރިން ރާއްޖޭގައި ވަރިވެފައި އެބަހުއްޓެވެ. މިފަދަ ކަންކަން ގެވެށި އަނިޔާއަށް ފަހުން ބަދަލު ވެފައި އެބަހުއްޓެވެ. ރަނގަޅު ލޯބީގެ ގުޅުމެއްގައި އެކަކު އަނެކަކަށް އިތުބާރުކުރުން ވަރަށް މުހިންމެވެ. ރަނގަޅު ހަރުދަނާ ލޯބީގެ ގުޅުމެއް ބިނާވަނީ އެކަކު އަނެކަކަށް ކުރާ އިތުބާރުގެ މައްޗަށް ބިނާކޮށެވެ.

undefined

ތިބާ އަޅަންޖެހޭ ހެދުމުގެ ބާވަތާއި، ކުލަ ކަނޑައަޅަނީ ލޯބިވެރިޔާ ހެއްޔެވެ؟

ރަނގަޅު ހަރުދަނާ ގުޅުމެއްގައި އަމިއްލަ ނަފްސުދެކެ ލޯބިވެ، އަމިއްލަ ނަފުސަށް އިތުބާރު އޮތުން މުހިންމެވެ. ބައެއްކަހަލަ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ތިބާއަށް އޮންނަންޖެހެއެވެ. ތިބާ އަޅާ ހެދުން ބައިވެރިޔާއަށް ކަމުނުދޭ ހެއްޔެވެ؟ އެއީ ލޯބިވެރިޔާ ގޮތް ނިންމަންޖެހޭ ކަމެއް ނޫނެވެ. ހެދުން އެޅުމަކީ އަމިއްލަ ނަފުސަށް ކުރާކަމެކެވެ. އެއީ އެއްވެސް ހާލެއްގައި މީހަކަށް ކުރަންޖެހޭ ކަމެއް ނޫނެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރަން ދަސްކުރުމަކީ އުދަނގޫކަމަށް ފަހަރެއްގައި ވެދާނެއެވެ. ނަމަވެސް ހަރުދަނާ ލޯބީގެ ގުޅުމެއްގައި އަމިއްލަ ކުދިކުދި ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ތިބާއަށް އޮންނަން ޖެހެއެވެ. މިގޮތަށް ނުވާނަމަ، މިއީ ލޯބީގެ ގުޅުން ނުރައްކާތެރި ކަމުގެ ނިޝާނެކެވެ.

undefined

ފޯނުން ޖަވާބު ދިނުން ލަސްވެގެން ލޯބިވެރިޔާ ރުޅިއާދޭ ހެއްޔެވެ؟

ފޯނަށް ޖަވާބު ދިނުން ލަސްވެގެން ލޯބިވެރިޔާ ރުޅިއައުން މިއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ތިބާ ދެކެމުހެއްޔެވެ؟. ނަމަވެސް ރަނގަޅު ލޯބީގެ ގުޅުމެއްގައި، ލޯބިވެރިޔާ އަކީ ހިންހަމަ ޖެހޭ ބަސްތަކެއް ބުނާ، ކުދިކުދި ކަންކަމުގައި ރުޅިވެރިކަންދައްކާ މީހަކަށް ވެގެން ނުވާނެއެވެ.

ތިބާގެ ފޯނުން ތިބާއަށް ލޯބިވެރިޔާގެ މިސްކޯލެއް ފެންނަވަގުތު، ތިބާއަށް ބިރުވެރިކަން ނުވަތަ ނުތަނަވަސްކަން އިޙްސާސްކުރެވޭނަމަ، ކޮންމެވެސް މައްސަލައެއް އެބައުޅެއެވެ. މިއިން ދޭހަކޮށްދެނީ ލޯބީގެ ގުޅުން ތިބާއަށް ރައްކާތެރިއެއް ނޫންކަމެވެ.

undefined

ތިބާ ގާތް އެކުވެރިޔަކާ ނުވަތަ "ބެސްޓް ފްރެންޑް" އާއި ވާހަކަދެއްކުމުން ލޯބިވެރިޔާ ހަސަދަވެރިވޭ ހެއްޔެވެ؟

އިދިކޮޅު ޖިންސުގެ، ގާތް އެކުވެރިޔަކާއި ވާހަކަ ދެއްކުމުން ލޯބިވެރިޔާ ހަސަދަވެރިވަނީ، ލޯބިވާތީ ކަމުގައި ގިނަ މީހުންނަށް ހީކުރެވެއެވެ. މިފަދަ ކަންކަން ޖޯކެއްގެ ގޮތުގައި ބައެއް ފަރާތްތައް ދެކެއެވެ. ނަމަވެސް ޖޯކު ކަމުގައި ދެކޭކަންތައް ސީރިއަސް ކަމަކަށް ބަދަލުވާއިރު އޮންނަނީ ގިނަފަހަރު ވަގުތު ފާއިތުވެފައެވެ. ހަސަދަވެރިކަމަކީ ބައްޔެކެވެ. ތިބާގެ ލޯބިވެރިޔާ ތިބާއަށް އިތުބާރު ނުކުރާނަމަ، ހަމަޖެހޭ ގުޅުމަކަށް ގުޅުން ބަދަލުވުމަކީ ނާދިރު ކަމެކެވެ.

undefined

ސިކުނޑިއަށް އަންނަ ކޮންމެ ވާހަކައެއް ލޯބިވެރިޔާ ގާތުގައި ބުނަން ތިބާއަށް ނުކެރޭ ހެއްޔެވެ؟

ލޯބީގެ ގުޅުމެއްގެ މައިގަނޑު ބޭނުމަކީ އަހަރަމެން އުފަލުގައި ތިބުމެވެ. ލޯބީގެ ގުޅުމެއްގެ ބޭނުމަކީ، އެއްވެސް ހާލެއްގައި ބިރުވެރިކަމެއްގެ ތެރޭގައި އުޅުމެއް ނޫނެވެ. މިގޮތުން ލޯބިވެރިޔާ ގާތުގައި ބޭނުންވާ ކޮންމެ ވާހަކައެއް ދައްކަން ކެރެންޖެހެއެވެ. ބައިވެރިޔާ އަކީ ވާހަކަ ދައްކަން ނުކެރޭ މީހެއް ކަމުގައި ވެއްޖެނަމަ، މިއީ ލޯބީގެ ގުޅުން ރައްކާތެރި ނޫންކަމުގެ ނިޝާނެކެވެ. ލޯބިވެރިޔާ ގާތުގައި ދައްކަން ނުކެރެންޖެހޭ އެއްވެސް ވާހަކައެއް އޮވެގެން ނުވާނެއެވެ. ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ. އެކަކު އަނެކެއްގެ ޚިޔާލު ތަފާތުވިޔަސް، ތަފާތު ޚިޔާލަށްވެސް ފުރުޞަތުދީ، އެކަކު އަނެއްކެއްގެ ޚިޔާލާއި ފިކުރަށް އިޙްތިރާމް ކުރަން ދަސްކުރަންޖެހެއެވެ. މިގޮތުން ޚިޔާލު ތަފާތުވުމަކީ، ޚިޔާލުތައް މުއްސަނދިވެ، ތަފާތު ގޮތްތައް ދިރިއުޅުމުގައި ބަލައި ހޯދަން ފުރުޞަތު ހުޅުވާލަދޭ ކަމެކެވެ.

undefined

ލޯބިވެރިޔާ، ތިބާއަކީ އެއްވެސް ކަމެއް ނުދަންނަ މީހަކަށް ހަދައި، ލަނދުގަންނުވައި ދަށްކުރޭ ހެއްޔެވެ؟

ކޮންމެ ކަމަކަށްވެސް ހައްދެއް ނުވަތަ ވަކި އިމެއް އޮންނަންޖެހެއެވެ. މިގޮތުން އެއްވެސްކަމެއް އިމުން ބޭރުވެ ހައްދުން ނެއްޓިގެން ގޮސްގެން ނުވާނެއެވެ. ލޯބިވެރިޔާ، ތިބާއަކީ އެއްވެސް ކަމެއް ނުދަންނަ ގަމާރު މީހަކަށް ހަދައި، ތަކުރާރުކޮށް ލަނދުގަންނުވައި ދަށްކުރޭ ހެއްޔެވެ؟ މިއީ ތާއަބަދު ކުރިމަތިވާ ކަމެއް ހެއްޔެވެ. މިގޮތުން ލޯބީގެ ގުޅުމެއް ފަށާއިރު، ވަކިކަހަލަ އުޞޫލުތަކަކާއި ގޮތްތަކެއް ކަނޑައެޅުން ރަނގަޅުވާނެއެވެ. މިގޮތުން އެކަކު އަނެކަކަށް އިޙްތިރާމްކުރުން، އެކަކު އަނެކަކަށް ދަށްކޮށް ނިކަމެތި ނުކުރަން ކަނޑައެޅިދާނެއެވެ. އަދި ލޯބިވެރިޔާ ތިބާ ލަނދުގަންނުވައި ދަށްކުރާނަމަ، މިފަދަ ލޯބީގެ މަޅިއެއްގައި ތިބާ ނުޖެހޭށެވެ. ތިބާއަކީ ދަށްމީހެއް ނޫނެވެ. މިފަދަ ކަންކަމުން ލޯބީގެ ގުޅުން ރައްކާތެރި ނޫންކަން ދޭހަކޮށްދެއެވެ.

undefined

ލޯބިވެރިޔާއާއި ގުޅޭގޮތުން ރައްޓެހިން އިންޒާރު ދީ ތަފާތު ޤަބޫލުކުރަން ދަތި ވާހަކަދެއްކުން!

ލޯބިވެރިޔާއާއި ގުޅޭގޮތުން، ރައްޓެހިން ތަފާތު އިންޒާރު ދީ، ޤަބޫލުކުރަން ދަތި ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް، އެވާހަކަތައް ޤަބޫލުކުރާށެވެ. ރައްޓެހިން އަދި އާއިލާ ތިބާއަށް ދެރަގޮތެއް ވާން ނޭދޭނެއެވެ. ރައްޓެހިންނާއި އާއިލީ މެމްބަރުންނަށް، އެއްވެސް ނުފޫޒަކާއި ނުލައި ސާފުކޮށް ވިސްނައި، ތަފާތު އެންގަލްތަކުން ކަންކަމާއި ދެކުމުގެ ފުރުޞަތު އޮންނާނެއެވެ.

ރައްޓެހިންނަށް ތިބާ، ދެރަވެ، މާޔޫސްވެ، ގެއްލިފައި ހުންނަކަމަށް ފާހަގަކުރެވޭނަމަ، އެބައިމީހުންނަށް ތިބާ ނުފެންނަކަމަށް ހަދައިގެން އުޅޭ މައްސަލަތައް ފެންނަނީއެވެ. މިފަދަ ކަންތައްތަކެއް ފާހަގަކުރެވޭނަމަ ތިބާގެ ލޯބީގެ ގުޅުން ނުރައްކާތެރިއެވެ. މިއީ ފިޔަވަޅު އަޅައި ރަނގަޅު ނިންމުމެއް ނިންމަންޖެހޭ ވަގުތެވެ.

undefined

ދުޅަހެޔޮ ލޯބީގެ ގުޅުމަކީ ދެން ކޮބައި ހެއްޔެވެ؟

ދުޅަހެޔޮ ލޯބީގެ ގުޅުމެއްގައި ތަފާތު ކަންކަން އެކުލެވެއެވެ. މިގޮތުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެހީތެރިކަން ފޯރުކޮށް، ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ސަމާލުވެ ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ހަސަދަވެރިވާން ނުޖެހޭ ޙާލަތްތަކުގައި ހަސަދަވެރިވުމަކީ ލޯބީގެ ނިޝާނެއް ނޫނެވެ. އިޙްތިރާމް ކުރަން ދަސްކޮށް، އަމިއްލަ ނަފުސުދެކެ ލޯބިވެ، އަބަދުވެސް ތިމާއަށް ހައްޤު މިންވަރު ދެނެގަންނާށެވެ. ލޯބީގެ ގުޅުމެއްގައި، އެކަކު އަނެކަކު ދެކެ ހިތުގެ އަޑިން ވާ ލޯބި މޫނުބަލާ ލޯގަނޑެއްގެ މިސާލުގައި ދައްކުވައިދޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ