logoEN
ކޮކާކޯލާ
ދިވެހީންގެ ފަޚުރު – ދަގަނޑޭ މޮޅުވެއްޖެ!

ދިވެހީންގެ ފަޚުރު – ދަގަނޑޭ މޮޅުވެއްޖެ!

aai3c

އޭޝިޔާގެ މައި ފޮޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް" ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ގޯލު ހޮވި ކުރިއަށް ދިޔަ ހުރިހާ ކުރިމަތިލުންތަކަކުން ދިވެހީންގެ ފަޙްރު ކަމުގައިވާ، ގައުމީ ބަތަލް އަލީ އަޝްފާގް މޮޅުވެ، އޭއެފްސީ ބްރެކެޓް ޗެލެންޖު ކާމިޔާބު ކޮށްފިއެވެ.

އަބުޅޯ

ފައިނަލްގައި އަޝްފާގް ވާދަކުރީ ހޮންކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއިއެވެ. ފައިނަލް އިން އަޝްފާގް މޮޅުވީ 89 އިންސައްތައިންނެވެ. ދިވެހި ގައުމުގެ ފަޙްރު، އަޝްފާގް ސެމީފފައިނަލްްއަށް ދަތުރުކުރީ ސެމީ ފައިނަލް އަދި ކުއާރޓާރގައިވެސް ވިއެޓްނާމްގެ ދެ ކުޅުންތެރިންގެ މައްޗަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް ފަހުއެވެ.

މިޗެލެންޖުގައި ހޮވިފައިވާ އަޝްފާގްގެ ރީތި ގޯލަކީ 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭ ޕާސިބޯގެ މުޅި ޑިފެންސް ފޫއެޅުވުމަށްފަހު ޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލެވެ.

އަބަދުވެސް އެންމެން ބުނާވާހަކައެއް އޮވެއެވެ. ދިވެހިންނަކީ އެކުވެރިިކަމުގެ ލާމަސީލު މިސާލެކެވެ. ކަންވީވެސް، ވަނީވެސް އެހެންނެވެ. މި ގައުމު، އެންމެ ފަރުދަކަށްޓަކައި އެއްބަހެއް ކިޔާ، އެކުވެރިކަމުގެ އަތްތަށް ގުޅާލިކަމުގެ ހެކި މިފެނުނީއެވެ. ކުޑައެއް، ބޮޑެއް ނެތި އަޝްފާގަށް ވޯޓު ދިނެވެ. ބޮޑެތި ޕްރޮގްރާމްތަށް ހިންގާ، މީސް މީޑިއާގެ ވިއުގަތަކުގައި އާއި އެހެނިހެން ތަންތަނުގައިވެސް އަޝްފާޤަށް ވޯޓުހޯދައި ދިނުމަށް އެތަކެއް މަސައްކަތްތަކެއް ކޮށްދިނެވެ. ދިވެހި ގައުމު ކުޑަޔަސް، ދިވެހީންގެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި އުޙުއްވަތްތެރިކަމަކީ ފަނޑުވެގެންދާނެ އެއްޗެށްނޫނެވެ. މީ އެކަމުުގެ ވަރަށް ބޮޑު ހެއްކެކެވެ!

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ