
ޒުވާނެއްގެ ޓިކްޓޮކް ވީޑިއޯއަކުން، ގެވެށިއަނިޔާ ބޮޑު ބަހުސަކަށް ހުޅުވާލައިފި!
1
ޒުވާން އަންހެން ކުއްޖަކު، ޓިކްޓޮކްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއަކުން، ގެވެށި އަނިޔާއަށް ސަމާލުވުމަށް އެހެންމީހުންނަށް އިންޒާރުދީ، ސޯޝަލް މީޑިޔާގެ ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.

މި ވީޑިއޯގައި 16 އަހަރުގެ އަންހެން ކުއްޖެއްކަމުގައިވާ އެމްބާ، އޭނާގެ މޫނު މޭކަޕުން ގެވެށިއަނިޔާ ލިބިފައިވާ މީހެއް ގޮތަށް ސިފަވާގޮތަށް މޭކަޕްކޮށް، ލަވަކިޔުންތެރިޔާ ލިލީ އެލެންގެ "ނޮޓް ފެއަރ" މި ލަވަޔަށް "ލިޕްސިންގ" ހަދައި ނުވަތަ ލަވަކިޔާގޮތަށް ތުންތަޅުވައި ރެކޯޑް ކޮށްފައިވެއެވެ. މި ވީޑިއޯ މިހާތަނަށް 1.7 މިލިޔަން މީހުން ބަލާފައިވާއިރު، ތަފާތު ޕްލެޓްފޯމްތަކުގައި މިވީޑިއޯ "ޝެއަރ" ކުރުމުގެ އިތުރުން 196000 އަށް ވުރެ ގިނަ "ލައިކް" މިވީޑިއޯއަށް މިހާތަނަށް ލިބިފައި ވެއެވެ.
އޭލެވެލްގައި ތަޢުލީމު ހާސިލްކުރަމުންދާ އެމްބާ ބުނާގޮތުން، މިފަދަ ވީޑިއޯއެއް ހެދުމަށް ޝައުޤުވެރިވީ، އާއިލީ ރައްޓެއްސަކަށް މިފަދަ ގެވެށި އަނިޔާ ތަޙައްމަލް ކުރަން ޖެހުމާއި ގުޅިގެންނެވެ. މި ވީޑިއޯގައި ފޯރުކޮށްދޭ މެސެޖަކީ، ގެވެށި އަނިޔާ ނުފޮރުވައި، މިފަދަ އަނިޔާއެއް ކުޑަކޮށް ތަޙައްމަލު ކުރަންޖެހުނު ކަމުގައި ވިޔަސް، އިތުރު މީހަކަށް އެކަން ހިއްސާކޮށް، ކަމާބެހޭ ފަރާތްތަކަސް ހުށަހެޅުމެވެ. އެމްބާ ބުނާގޮތުން ގެވެށިއަނިޔާއަށް ވީހާވެސް ގިނަ ބަޔަކު ހޭލުންތެރި ވާންޖެހެއެވެ.
އެމްބަރގެ މޫނަށް ލިބިފައިވާ އަނިޔާތައް މިވީޑިއޯގައި އިތުރުވެގެންދާއިރު، ވީޑިއޯގެ "ސަބް ޓައިޓްލް"ގައި ފެންނަ ޖިސްމާނީ ގެއްލުންތަކަކީ ރަޙްމަތްތެރިޔާ ރައްޓެހިވެގެން އުޅޭ މީހާގެ ފަރާތުން ލިބުނު ގެއްލުމެއްކަން ސިއްރުކުރަން މަސައްކަތް ކުރެއެވެ. މިގޮތަށް އަރައެވެ. އެމްބާގެ މިވީޑިއޯ އާއި ގުޅިގެން، ގެވެށި އަނިޔާ އާއި ގުޅޭ ތަފާތު ވީޑިއޯތަކުން ޓިކްޓޮކް ޕްލެޓްފޯމް ފުރިގެންދެއެވެ.
އެމްބާގެ މިވީޑިއޯ އާއި ގުޅިގެން ޝޯޝަލް މިޑިއާގައި ތަފާތު ބަހުސްތައް ކުރިޔަށް ގެންދެވިފައިވެއެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި، މިފަދަ ސީރިއަސް ވީޑިއޯތައް ޝޯޝަލް މީޑިއާގައި ދެއްކުން ރަނގަޅެއް ނޫނެވެ. ކޮންމެވެސް އެއްފަރާތަކުން ކޮމެންޓް ކޮށްފައިވާ ގޮތުގައި، މިފަދަ އަނިޔާ ކިތަންމެ ބަޔަކަށް ލިބިފައި އެބަހުއްޓެވެ. ނަމަވެސް އެއީ ވީޑިއޯ ހަދަންޖެހޭ ކަމެއް ނޫނެވެ. މިފަދަ ކޮމެންޓްތަކަށް ރައްދުދެމުން، އެމްބާ ބުނެފައިވަނީ، މިފަދަ އަނިޔާ ލިބިފައިވާ މީހުންނަށް އެކަންކަން ހަނދާންކޮށް ދިނުން އޭނާގެ މަޤްސަދުގެ ތެރޭގައި ނުވާކަމުގައެވެ. އަދި މިވީޑިއޯގެ ބޭނުމަކީ ގެވެށި އަނިޔާއަށް މީހުން ހޭލުންތެރިކުރުމެވެ. މިއީ އެއްވެސް ގޮތަކަށް މަޝްހޫރުވުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫންކަންވެސް އެމްބާ ބުނެއެވެ.
ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައިވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ގެވެށި އަނިޔާއަކީ އާއިލީ ގުޅުމަށް އޮތް ހުރަހެއް ކަމަށާއި، ގެވެށި އަނިޔާގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި، މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށް މިހަފްތާގެ ހުކުރު ޚުތުބާގައިވެސް ބުނެއެވެ.