logoEN
cocacola
ގަސް ހެއްދުން ސަޅި ކަމެއް! އެކަމަކު ކުޑަކޮށް ވިސްނާލަ ބަލަ!

ގަސް ހެއްދުން ސަޅި ކަމެއް! އެކަމަކު ކުޑަކޮށް ވިސްނާލަ ބަލަ!

ގާފު އެޑިޓޯރިއަލް

logo

11/29/2020, 11:29:38 AM

3

މުޅި އިންސާނިއްޔަތަށް ދިމާވި، ކޮވިޑް19 ގެ ބަލިމަނޑުކަމާއި ގުޅިގެން، ފުރަބަންދަކަށް ގޮސް ގޭގައި ބަންދުވެގެން ދުވަސްކޮޅަކަށް ތިބެންޖެހުމުން، ޒަމަނާއްސުރެ ދިވެހިން ކުރަމުން އައި އެއް މަސައްކަތުގެ އާދަ ދިވެހިންގެ ތެރޭ ވައިގައި ހިފައިގެން ގޮސްފައިވެއެވެ. މިބާވަތުގެ މަސައްކަތަށް، އަހަރަމެން ދިވެހިން ކުރިން ކިޔައި އުޅުނީ ދަނޑުވެރިކަމެވެ. ނަމަވެސް މިހާރު ބޭނުންކުރާ ނަމަކީ ގަސް ހެއްދުމެވެ. އެއްބާވަތެއްގެ މަސައްކަތަށް ވިޔަސް ނަމުން ތަފާތެވެ. ތަފާތު ވާންޖެހޭ ސަބަބުވެސް އެބަހުއްޓެވެ.

ގޮސިޔާ

ދަނޑުވެރިކަމުގެ މަސައްކަތުން، ދިވެހިން ހައްދައި އުޅެނީ ގިނައިން ގޮވާމާއި، މޭވާގެ ބާވަތްތަކެވެ. ނަމަވެސް ފަހުން މަޝްހޫރުވެގެން މިއުޅޭ "ގަސް ހެއްދުން" ބޮޑަށް މާނަކުރަނީ، ދަނޑުވެރިކަމާއި ތަފާތުކޮށް މާއަޅާ ތަފާތު ގަސްތައް ނުވަތަ އެކި ކުލަ ކުލައިގެ ފަތް ހުންނަ ގަސްތައް، ނުވަތަ އެކި ޑިޒައިން ތަކުގެ ފަތް ހުންނަ ގަސްތައް ހައްދައި ގޯތި ގެދޮރު ޒީނަތް ކުރުމެވެ.

undefined

ދިރާސާތަކުންތަކުން ދައްކާގޮތުގައި، ގަސްގަހާ ގެހި ވަށައިގެންވާ މާޙައުލެއްގައި ދިރިއުޅޭ މީހާގެ ސިކުނޑީގެ ސްޓްރެސް ލެވެލް ނުވަތަ ސިކުނޑީގެ ހާސްކަން ފިލުވައިދިނުމުގެ އިތުރުން، ނޭވާލުމަށް ސާފު ވައި ލިއްބައިދެއެވެ. އެހެންކަމުން ގެއާއި ގޯތިތެރެ ރީތި ބަގީޗާއަކަށް ބަދަލުކޮށްލުމަށް ވުރެ ބުއްދިވެރި ކަމެއް އެބައޮތްތޯއެވެ.

undefined

ދިވެހި ހުރިހާ ގޭބިސީތަކުން ފެއްޓި މި އާ މަސައްކަތާ ގުޅިގެން ގަސް ވިއްކުމާއި، ގަސް އިންދުމަށް ބޭނުންވާ ތަކެތީގެ ވިޔާފާރި ކުއްލިގޮތަކަށް މުޅި ރާއްޖެއަށް ފުޅާވެގެން ގޮސްފައިވެއެވެ. އެއްވެސް ގޮތަކަށް ގަސްވިއްކާ ފިހާރަތައް ނުހުންނަ ރަށްރަށުގައި ގަސް ވިއްކާ ފިހާރަތަކާއި، ގަސް އިންދަން ބޭނުންވާ ސާމާނު، ޕޮޓް، އަދި ވެލި ފަދަ ތަކެތި، ގަސްކާނާ އަދި ތަފާތު ބަލިތަކަށް ގަހަށްޖަހާ ބޭސް ވިއްކާ ފިހާރަތައް ހުޅުވިގެން ގޮސްފައި ވެއެވެ. މިފަދަ ވިޔަފާރިއެއް ފެއްޓުމަކީ، ކޮވިޑް19 އާއި ގުޅިގެން ވިޔަފާރިއަށް އެރި ލޮޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވާން މެދުވެރި ފާލެކެވެ. ޝޯޝަލް މީޑިޔާގެ ތަފާތު އޮންލައިން ޕޭޖްތަކުގައި ފޮޓޯ ޖަހައިގެން، ވައިބާ ގްރޫޕްތައް ބޭނުންކޮށްގެންވެސް ގަސް ވިއްކުމުގެ ވިޔަފާރި ގިނަބަޔަކު ކުރަން ފެއްޓިއެވެ. ވަކި ފިހާރަޔަކަށް ޕޮޓް ގެނައި ޚަބަރު ރަށުތެރެއިން އަޑުއިވިގެން ދާއިރު، މުޅިފިހާރަ ފުރެންދެން މީހުން ވަދެ ފުރާލައެވެ. ކިތަންމެ ގިނައަދަދަކަށް ޕޮޓް ގެނައިކަމުގައި ވިޔަސް އެގެންނަ އަދަދު އޮންނަނީ މަދުވެފައެވެ. "ޑިމާންޑް" އޮތް މިންވަރަށް ވިޔަފާރި ވެރިންނަށް މިފަދަ ތަކެތި "ސަޕްލައި" ކޮށް ނުދެވެއެވެ. މިއީ ގަސް އިންދުމަށް ބޭނުންވާތަކެތީގެ ވިޔަފާރި ގޮސްފައިވާ ހިސާބެވެ.

undefined

ގަސްވިއްކާ އަގުތަކަށް ބަލާއިރު، -/75 ރުފިޔާއިން ފެށިގެން ގޮސް -/3000 ރުފިޔާގެ ދެމެދުގެ އަގުތަކެއްގައި ގަސް ވިއްކައެވެ. ގަސްތައް ވިއްކާ އެވްރެޖް އަގުތަކަކީ -/150 ނުވަތަ -/350 ރުފިޔާ އާއި ދެމެދު އަގެކެވެ. މުޖުތަމަޢުގެ އެކި ފަރާތްތަކުން މަޢުލޫމާތު ލިބޭގޮތުން ގިނަ ގޭބިސީތަކުން، -/700 ރުފިޔާ އާއި -/2000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ގިނަ އާއިލާތަކުން ގަސް ގަތުމަށް ނުވަތަ ގަސް އިންދުމަށް ބޭނުންވާ ސާމާނު ގަތުމަށް މަހެއްގެ މައްޗަށް ޚަރަދުކުރެއެވެ.

undefined

މިފަދަ ބޮޑު ޚަރަދެއް ކޮށްގެން ގަސް ހައްދާއިރު، އެއިން ތާއަބަދު ފައިދާ ލިބޭ، އަދި ތިބާ އެގަހެއް ގަތުމަށް ކުރާ ޚަރަދު އަނބުރާ ލިބޭނެ ކަހަލަ ގޮތަކަށް ވިސްނާލުން ކިހިނެއް ތޯއެވެ؟ ގަސް އިންދުމަށް ހިފާފައިވާ އާދަ އެހެން މިސްރާބަކަށް ގެންގޮސް، އެގަހަކުން ކެއުމަށް ބޭނުންކުރާ ކޮންމެވެސް ބާވަތެއްގެ މޭވާއެއް ލިބޭ، ނުވަތަ ތަރުކާރީ އެއް ލިބޭ ގަހަކަށް ބަދަލުކޮށްލުން ކިހިނެތް ތޯއެވެ؟ ގަސް އިންދުން ދަނޑުވެރިކަމަށް ބަދަލުކޮށްލުން ކިހިނެތް ވާނެހެއްޔެވެ؟ ހަށިގަނޑަށް ފައިދާ ހުރި ތަފާތު މޭވާ އާއި ތަރުކާރި ހެއްދުން މާ ބުއްދިވެރިއެވެ. މިރުސް، ކޮޕީފަތް، ކިއުކަންބާ، ލެޓިއުސް، ޓޮމާޓޯ، ތޮރާ، ޗިޗަންޑާ، ބަށި، ޖުމްހޫރީމޭވާ، ފަދަ ތަކެއްޗަކީ ކުޑަ ޖާގައެއްގައި ފަސޭހަކަމާއެކު ހައްދާލެވިދާނެ ތަކެއްޗެވެ. މިރުސްފަދަ ތަކެއްޗަކީ ރޯދަ މަސް ފަދަ މަސްތަކުގައި އަގު އަރައިގެން ގޮސް އަތް ނުފޯރާ ވަރަށް ބޮޑުވެގެންދާ ތަކެއްޗެވެ. އަދިވެސް ތަފާތު ތަރުކާރީ އަދި މޭވާގެ ބާވަތްތަކަކީ އަގުދީގެން އަހަރަމެން ގަންނަންޖެހޭ ތަކެއްޗެއެވެ. މިފަދަ ބާވަތެއްގެ ގަހެއް ގޯތިތެރޭގައި ހެއްދިއްޖެނަމަ، އެއެއްޗެއް އަގުދީގެން ނުގަނެ ބޭނުން ކުރެވިދާނެއެވެ. މިއީ ގަސް ހައްދާ ފަރާތްތަކުން ވިސްނާލަންވީ ކަމެކެވެ.

undefined

ގަސް އިންދުން ދަނޑުވެރިކަމަށް ބަދަލުކޮށްލެވިއްޖެ ނަމަ ހައްދާ ބާވަތްތައް ވިއްކައި ނަފާ ހޯދި ދާނެއެވެ. ތަފާތު މުޑުވަކާއި، ގަސް އިންދުމަށް ބޭނުންވާ ސާމާނު ގަތުމަށް އަތުން ޚަރަދުކުރާ ފައިސާ އަނބުރާ ލިބިފައި، ތާޒާ ކާނާ އާއިލާއަށް ފޯރޮކޮށް ދެވިދާނެއެވެ. ގަސް އިންދުމަކީ ހަޤީޤަތުގައިވެސް ސަޅި ކަމެކެވެ. އެކަމަކު ހައްދާނެ ބާވަތަކާމެދު ކުޑަކޮށް ވިސްނާލާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ