logoEN
cocacola
ހާރޓް ރިއެކްޓެއް ނުނީ ނުކުރާތި!

ހާރޓް ރިއެކްޓެއް ނުނީ ނުކުރާތި!

ހުސައިން އަހްމަދު

logo

11/28/2020, 5:32:00 PM

Screen_Shot_2015-10-08_at_11.28.05_AM.0.0

ފޭސްބުކް މިވަނީ ގިނަބައެއްގެ އާންމު ދިރިއުޅުމުގެެ އެެންމެެ ބޮޑު ހިއްސާއްށް ވެފައެެވެ. ފޭސްބުކްގައި ޒާތީ މައުލޫމާތު ހިއްސާކުރުމާއި ދިރިއުޅުމުގައި ހިނގާ ކޮންމެކަމެއް އާންމު ކުރުމަކީ ގިނަބައެއްގެެ އާދައެކެވެެ. ކުޑަމިނުން ކާއެތިކޮޅެއްވެސް ދިރުވާލެެވެެނީ ދެތިން ހަތަރު ފޮޓޯ ފޭސްބޮކަށް ލާފައެވެ. ދެއިރަށް ޕްރޮފައިލް ފޮޓޯ ބަދަލު ނުކުރެވެންޏާ ލޮލަށް ނިދިނާންނަ މީހުންވެސް މަދެެއްނޫނެެވެެ. ވާނީވެެސް އެހެެންތާއެެވެެ, އެއީ މިހާރުގެ ޓްރެންޑެެވެެ. އެކަން ނުކުރާމީހުން އެއީ ގަމާރު ބޯދާ މީހުންނަށްވެ ނިމިއްޖެެ ކަހަލައެެވެ.

ގޮސިޔާ

މިފަހަކަށް އައިސް ދިމާވީ އަދި މާ ހެއްވާ ކަމަކާއިއެވެ. ފޭސްބުކަށް އެެކި ފާޑު ފާޑުގެ ރިއެކްޓުތައް އިތުރުކުރުމެެވެ. ކުޑަކޮއް މައުލޫމާތު ސާފުކޮށްލިއިރު މީގެތެރެެއިން އެންމެެ ގިނަ ބަޔަކަށް އެެންމެ ކަމުދާ ރިއެކްޓަކީ ހާރޓް ރިއެކްޓެެވެ. އަދި އެެރިއެކްޓަކާއި ހެދި އެންމެ ގިނަބައެއްގެ މެެދުގައި މައްސަލަޖެހޭ ރިއެެކްޓަކީވެެސް މި ހާރޓް ރިއެކްޓްކަން މިހޯދި މައުލޫމާތުން އެގުނެވެ. މިކަމާއި ގުޅިގެން ހިނގާ ބައެއް ކަންތައްތައް ބަލާ ސާފު ކޮއްލި އިރު ކަމަކު ދާކަށްނެތެެވެެ. މިކަމާއިގުޅިގެެން ފޭސްބުކަށްލާ ކޮންމެ ފޮޓޯއަކަށް ރިއެެކްޓްކުރާ މީހުންގެ ހިސާބުބެެލުން އާންމުވެެއްޖެެއެވެެ. ފޭސްބުކަށް އަޕްކުރާ ފޮޓޯއަކަށް އޮޅިގެެންވެސް ރައްޓެއްސަކު ލައިކެއް ދެެވިއްޖެއްޔާ ޒަމާންދިޔައީއެެވެ. މެެސެެންޖާއިން މެސެޖްކޮށް ބަވާ ވަގުތުން އެެ ހާރޓް ރިއެކްޓަކަށް ބަދަލު ކުރެއެެވެ. ކިރިޔާވެެސް ތަންކޮޅެއް ދުރުމީހެއްނަމަ ވަގުތުން އަންފްރެެންޑް ކޮއްލައެެވެ. ކުރާކަންކަމައް އެއްޗެއް ނުބުނެެވޭ ހިސާބުގަ ހުރި މީހެެއްނަމަ ރައްޓެހިންގެ މެދުގަ ގްރޫޕް ޗެޓެއް ހަދައިގެން އެމީހެއްގެ މަސްކޮޅު ކާލައި ހުސްކޮށްލައެވެ. މިވަރު ކޮށްލާއިރު މީގައި ވިސްނާލަންޖެހޭޭ ކަމެއްވެސް އެބައޮތެެވެ. މިބުނާ ހާރޓް ރިއެކްޓެއް އައި އިރު ގިނަ މީހުން މިތިބީ ލައިކްދީދީ މިކަމައް އާދަވެފައެވެެ. އަދިވެސް ގިނަމީހުން ބުނާ ގޮތުގައި ފަސޭޭހައިން ދެެވެެންވެސް އިންނަނީ ލައިކް ރިއެކްޓެވެ.

ދެން ބަލާލާނީ ރިއެކްޓް ކުރާ ގޮތް މިނެކިރާގޮތެެވެެ. މިގޮތުން ގިނަ ބަޔަކާއި މަޝްވަރާކޮށް ހޯދި މައުލޫމާތައް ބަލާއިރު ރައްޓެއްސަކު ތިމާ ލާ ފޮޓޯތަކަށް އެެއްފަހަރަށް ވުރެ ގިނަ ފަހަރު ލައިކެެއް ދީފިއްޔާ އެވީ އޭނާ ދުރުމީހަކަށެވެ. ނޫނީ ވަކިވަރަކަށްވުރެން ގަމާރުވީ ކަމަށް ނުވަތަ ހަސަދަވެރިޔަކަށް ވީކަމަށް ނިންމައެެވެެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އޭނާ ފޭސްބުކަށް ލާ ފޮޓޯތަކަށް ހާރޓް ރިއެކްޓްކުރަނީ އޭޭނަދެކެ އެންމެ ލޯބިވާ އެންމެ ގާތް މީހުންނެވެެ.

މީގަ ދެން ދީމާވަނީ އަދި މާ ބޮޑު ކަމަކާއި އެވެ. ތިމާ އަމިއްލައަށް ފޭސްބުކަށް ލާ ހުރިހާ ފޮޓޯއަކަށް އެހެންމީހުން ދޭންވަނީ ހުސް ހާރޓް ރިއެެކްޓެވެ. ނަމަވެެސް ތިމާގެ ލޯބިވެރިޔާ އެެހެން އެއްވެެސް މީހެއްގެ ފޮޓޯއަކަށް އޮޅިގެެންވެސް ހާރޓް ރިއެކްޓެއް ކޮށްފިއްޔާ ހަތަރު އުދަރެސް ފެެނުޖެހެެއެވެ. އެެހާ ހިސާބުން ވަރުގަދަ އިންވެސްޓިގޭޝަނެއް ކޮށް ހާރޓް ރިއެެކްޓް ކުރި ފޮޓޯއަކާއި އެފޮޓޯ އަޕްކުރި މީހެއް އަންފްރެެންޑް ނުކުރަނީސް އައިސް ހުންނަ ރުޅިގަޑު މައިތިރިވާކަމަކަށް ނުވެެއެވެ. އަޅެފަހެެ މީ އަޖާބެެއްނޫންހެއްޔެވެ. ތިމާގެ އަމިއްލަ ފޮޓޯއަށް ހާރޓް ނޫނީ ދީގެން ނުވެއެެވެ. އެެހެެންމީހަކަށް ތިމާގެ ލޯބިވެރިޔާ ހާރޓް ރިއެކްޓް ކޮއްގެން ނުވެެއެވެ. ތިބާގެެ ފޮޓޯއަށް ހާރޓް ރިއެކްޓް ކޮއްފައި ތިބީވެެސް ކޮންމެެވެސް ބައެއްގެ ލޯބިވެރިންނެެވެ. އެންމެން ތިގޮތަށް އާންމު ދިރިއުޅުމުގައި ރިއެކްޓް ކުރަން ވެއްޖެެއްޔާ ދެން ފޭސްބުކުގައި ރިއެކްޓް ކުރަން ކެރޭނެެ އެއްވެސް މީހަކު ނުހުންނާނެ ނޫންހެއްޔެެވެެ.

ވާނީވެެސް އެހެންތާއެވެ. ގިނަބަޔަކަށް ފޭސްބުކް މިއޮންނަނީ ދިރިއުޅުމަށް ވެެފައެެވެެ. ފޭސްބުކުގައި ކުރާ ކޮންމެެ ކަމެއް ވަނީ ދިރިއުޅުމަށް ބަދަލުވެެފައެވެ. މީ ކޮންމެއަކަސް ބަދަލު ކުރަންވީ ކަންކަމެވެ. އަމިއްލަޔައް ލިބުން އެދޭ ކަންކަން އަނެކާއަށް ލިބުން ނޭދެެންވި ސަބަބެއްނެެތެވެެ. މީގައި ވިސްނަންވީ ހާރޓް ރިއެކްޓް މި ކުރަނީ އެމީހަކުދެކެ އިޝްގީ ލޯބިވާތީކީ ނޫންކަމެެވެ. އަދި އެހާރޓް ރިއެެެކްޓްގެ މާނައަކީ ލޯބިވެެޔޭ ބުނުން ނޫންކަމުގައިވެސް ވެދާނެެއެެވެ. ގިނަބަޔަކު ބުނާގޮތުން ޓްރެންޑަށް ވީމަ ކުރަނީއެވެެ. ކޮންމެެއަކަސް ނުވިސްނޭ ބަޔަކާއި ހެދި އެއްބަޔަކު މިކިޔާ ޓްރެެންޑުން ބޭރުވެ ގަމާރުންނަށް ވެއްޖެެއެެވެ.

އޮޅިގެންވެސް ހާރޓް ރިއެެކްޓެެއްނޫނީ ނުދޭށެވެ. ބައިވެެރިޔާ ނޫން އެެހެެންމީހަކަށް ހާރޓް ރިއެކްޓެއް ދެެވިއްޖެެޔާ މޫސުންގޯސްވާނެެކަންވެސް ވިސްނާށެެވެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ