އެފްއޭއެމްގެ ފައުންޑޭޝަން ލޯންޗްކޮށްފި

ފުޓުބޯަޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެފްއޭއެމް ފައުންޑޭޝަން, ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާ އެކު ލޯންޗުކޮށްފި އެވެ.

އެފްއޭއެމް ފައުންޑޭޝަން ހުޅުވާފައިވަނީ މިކަމަށްޓަކާ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެެެވެެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އެޑިއުކޭޝަން މިނިސްޓަރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެފްއޭއެމްގެ އިސްވެރިންނާއި އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖެއްސި ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

މި ފައުންޑޭޝަނަށް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގައި ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ މުހިންމު ފަރާތްތަކެވެ. އެގޮތުން ރާއްޖެއަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ފޯވާޑް އަދި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީކަންވެސް މީގެ ކުރިން ކުރައްވާފައިވާ ޝާހު އިސްމާޢީލް ވެސް ވަނީ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި މީގެެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ އަންހެން ޓީމަށް ގިނަ ދުވަސްވަންދެއް ކުޅެމުން އަންނަ ފަދުވާ ޒާހިރާއި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ލައިޝާ ޖުނައިދުގެ އިތުރުން ގައުމީ އަންހެން ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ މަރިޔަމް މިރުފަތު އަދި އެފްއޭއެމްގެ 14 އަހަރުން ދަށުގެ އެލީޓް ޕޫލްގައި ކުޅެމުން އަންނަ ތަރި އީތަން އިބްރާހިމް ޒަކީ އެވެ.

މި ފައުންޑޭޝަން އަކީ އޭއެފްސީ ޑްރީމް އޭޝިއާ ފައުންޑޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކު ހުޅުވިގެންދިޔަ ފައުންޑޭޝަނެެކެވެ. އަދި މި ޕްރޮގްރާމްގެ މަގްސަދަކީ މުސްތަގްބަލުގައި ކަންކަމާއި ހަވާލްވާނެ ކުޑަކުދިންނާއި ޒުވާނުންނަށް އިޖްތިމާއިގޮތުން ކުރިއެރުންތަކަކާއި ހެޔޮ ބަދަލްތަކެއް ގެނެސް ފުޓުބޯޅައިގެ ތެރެއިން މިފަރާތްތަކަށް ހިފެހެއްޓެނިވި ގޮތަކަށް ކުރިއަރާނެ ލަނޑުދަނޑި ތަކެއް ހާސިލްކުރުމެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް