ސްޓްރީޓްހަބް އިން ދެމީހަކަށް ހިލޭ ކެއުމެއް ލިބޭ ޕްރޮމޯޝަނެއް

ގދ.ތިނަދޫގައި ދާދި ފަހުން ހުޅުވި ރެސްޓޯރެންޓް ސްޓްރީޓްހަބުން ދެ މީހަކަށް ރޭގަނޑު ކެއުމެއް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސްޓްރީޓްހަބް އިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަންޖެހޭނެ ކަމަކީ ފޭސްބުކްގައި ސްޓްރީޓްހަބް އަށް ލައިކެއް ދިނުމަށް ފަހު އެ ޕޭޖްގައިވާ ޕޯސްޓެއް އެމީހެއްގެ އަމިއްލަ އެކައުންޓަށް ޝެއަރކުރުމެވެ. އަދި ޕޯސްޓް ޝެއާރ ކުރުމުގައި އެމީހެއްގެ ރައްޓެސަކަށް އެ ޕޯސްޓް ޓެގް ކުރަންވެސް ޖެހެއެވެ.

ޑިސެމްބަރ 5 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރި ވުމުގެ ފުރުސަތު އެންމެނަށް ވަނީ ހުޅުވާލާފައިއެވެ.

"ހެލްތީ ކޮންސެޕްޓް" އަކަށް ހިންގަމުންދާ މި ރެސްޓޯރެންޓަކީ ގިނަބަޔަކަށް ކަމުދާ އަދި ރަނގަޅު ކެއުން ލިބޭ ރެސްޓޯރެންޓެއްގެ ގޮތުގައި ވަނީ ފާހަނގަ ވެފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް