ނިރުބުވެރި ހަމަލާއެއް ދޭން އުޅުނު އިތުރު 2 މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ނިރުބުވެރި އަމަލާ ގުޅިގެން ތ. ތިމަރަފުށިން އިތުުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށިން މިއަދު ވަނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި ތުހުމަތުކުރެވޭ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ތިމަރަފުށިން މީހަކާއި ކަނޑުމަތީގައި އޮތް ދޯންޏަކުން ތިން މީހުންނާއި މާލެއިން މީހަކެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް