logoEN
cocacola
 ޒުވާން މިޑްފިލްޑާރ އެލޭނާ ބާސާ އިން ކެރިއާ ނިންމާލުމުގެ އުއްމީދުގައި

ޒުވާން މިޑްފިލްޑާރ އެލޭނާ ބާސާ އިން ކެރިއާ ނިންމާލުމުގެ އުއްމީދުގައި

ގާފު އެޑިޓޯރިއަލް

logo

11/27/2020, 5:51:44 PM

1229770969.0

ދުނިޔޭގައި އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިން އުފައްދަމުން އަންނަ އެކަޑެމީއެއް ކަމަށްވާ "ލަ މާސިއާ" ނުވަތަ ބާސެލޯނާ އެކަޑެމީއިން ގްރެޖުވޭޓް ވި ޒުވާން މިޑްފިލްޑާރ ކާލެސް އެލޭނާ ބޭނުން ވަނީ ބާސާ އިން ކެރިޔަރ ނިންމާލަންކަމަށް އޭނާ ބުނެފިއެވެ.

ގޮސިޔާ

ޗެމްޕިޔަންސް ލީގުގައި ބާސާއަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެލޭނާ ބުނީ ބާރސާއާ އެކު ކާމިޔާބު ހޯދަން ބޭނުން ވާ ކަމަށާއި ބޭނުންވަނީ ބާރސާ ޖާރޒީ ގެ ރިޓަޔާވާން ކަމަށެވެ. އޭނާ އިތުރަށް ބުނިގޮތުގައި ބާސާ އަށް ކުޅުމަކީ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ހުވަފެނެކެވެ.

ޑައިނަމޯ އާއި ދެކޮޅަށް ކުޅުނު މެޗު އެލޭނާ އަށް ވާނީ ކޯޗު ކޫމަން ގެ ދަށުން އޭނާ އަށް ފުރުތަމަ ނުވަދިހަ މިނެޓު ހަމަކުރެވުނު ހަމައެކަނި މެޗަށެވެ. ބާވީސް އަހަރުގެ މިޑްފިލްޑާރ ވަނީ ބާރސާ އަށް ބަދަލުވުމަށްފަހު ފުރަތަމަ އެގާރަ ހޯދުމުގެ އިތުރުން ކޯޗު ކޫމަން ގެ އިތުބާރު ހޯދުމުގެ ދަތިތަކެއް ކުރިމަތިވެފައެވެ. މެޗަށް ފަހު މީޑިޔާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ މެޗުގެ ނުވަދިހަ މިނެޓުތެރޭގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ އިހްސާސް އޭނާ އަށް ދުވަސްތަކަކަށްފަހު ވަރަށް ކުރެވުނުކަމަށެވެ.

އުމުރުން ބާވީސް އަހަރުގެ ހުނަރުވެރި މިޑްފިލްޑާރ އަށް ފުރުތަމަ އެގާރައިން ޖާގަ ނުލިބި ގިނަ ވަގުތު ހޭދަކުރަންޖެހޭނީ ބެންޗުގައިކަން ފާހަގަ ކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ