logoEN
cocacola
ތުއްތު ދަރިފުޅު ރޮނީ މިއިން ސަބަބަކާ ލައިގެން!

ތުއްތު ދަރިފުޅު ރޮނީ މިއިން ސަބަބަކާ ލައިގެން!

އަޙްމަދު ޖަމީލު

logo

11/28/2020, 4:47:01 PM

cute-indian-baby-girl-picture-id177030669

ކުޑަކުދިން ރުއިމަކީ ކަންބޮޑުވާން ޖެހޭކަމެއްނޫނެވެ. މިއީ އެކުދިންނަށް ދިމާވާ ތަފާތު އުދަނގޫތައް މަންމަ ނުވަތަ ބައްޕަ އަށް ބުނެދެވޭ ހަމައެކަނި ގޮތެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ކުދިން ގެ ބަސްމަގެވެ. ނަމަވެސް ދަރިފުޅު ރޯލާ ކޮންމެ ފަހަރަކު އެ ރޮނީ ކިއްވެގެން ކަމެއް ނޭނގެއެވެ. ތިރީގައި އެވަނީ އާންމުކޮށް ތުއްތު ކުދިން ރޮއެ އުޅޭ މައިގަނޑު 6 ސަބަބެކެވެ.

ގޮސިޔާ

1- ބަނޑުހައިވުން.

ބަނޑުހައިވުމަކީ ކުޑަދަރިފުޅު ރޯ ސަބަބުތަކުގެ ތެރެއިން އެންމެ އާއްމު ސަބަބެވެ. މިފަދަ ހާލަތުގައި އަޑުގަދަކޮށް ރުއިމުގެ އިތުރުން އުރާލުމުން އުރަމައްޗާއި ދިމާލަށް ދަރިފުޅުގެ ބޯ އާއްމުގޮތެއްގައި ގެންދާނެއެވެ. ވުމާއެކު ދަރިފުޅު ރޯނަމަ އެންމެ ފުރަތަމަ ދަރިފުޅު ބަނޑުހައިވެފައިތޯ ނުވަތަ ނޫންތޯ ބެލުން ރަނގަޅުވާނެއެވެ. ފަހަރުގައި ދަރިފުޅަށް ބުއްދޭން ފަށާއިރަށް ދަރިފުޅު ހުއްޓައި ނުލުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ބަނޑުހައިވެގެން ރޯނަމަ ބަނޑު ފުރުމުން ރުއިން ހުއްޓާލާނެއެވެ.

2- އުރާލަން ބޭނުންވުން.

ކުޑަކުދިންނަށް ލޯތްބާ އަޅާލުން ވަރަށްބޮޑަށް ބޭނުންވެއެވެ. މައިންބަފައިންގެ މޫނު ފެންނަން އަބަދުވެސް ބޭނުންވެއެވެ. މަންމައާއި ބައްޕަގެ އަޑު އަހާލަން ބޭނުންވެއެވެ. އަދި މަންމައާއި ބައްޕަގެ ހިތުގެ ހިގުން އަޑުއަހަންވެސް ދަރިފުޅު ބޭނުންވެއެވެ. ހާއްސަކޮށް މައިމީހާގެ މޫނާއި އަޑާއި ހިތުގެ ހިނގުމެވެ. .

3- ނެޕީ ހަޑިވުން.

ނެޕީ ބަދަލުނުކޮށް ގިނައިރުވުމުން ނެޕީތެމި ދަރިފުޅުގެ ހަންގަޑަށް އުދަގޫވާނެއެވެ. ވުމާއެކު މިފަދަ އުދަގޫވާ ހާލަތުގައި ވަރަށް ގިނަ ކުޑަކުދިން ރޯނެއެވެ. ނަމަވެސް ބައެއް ކުދިން ހީސްލެވި ގިނައިރު ވިޔަސް ނުރުއިމަކީވެސް ވެދާނެ ކަމެކެވެ. ހާއްސަކޮށް ފިނި ދުވަސްވަރުއެވެ. އެއީ ހީސްލުމުން ވާ ހޫނުގައި ދަރިފުޅަށް ފަސޭހަވާތީއެވެ.

4- ބަލިވުން.

ގާތުން ދިނުމަށްފަހުވެސް ދަރިފުޅުގެ ރުއިން ނުހުއްޓުނުނަމަ ދަރިފުޅު ރޮނީ އިތުރު އުދަގުލެއް ވެގެންތޯ ބަލާށެވެ. އެކަހަލަ ކަމެއް ފެންނަން ނެތްނަމަ ދަރިފުޅުގެ ފިނިހޫނުމިން ބަލާށެވެ. ފަހަރުގައި ދަރިފުޅު ރޮނީ ހުންއައިސްގެން ނުވަތަ ބަލިވެގެންކަމަށް ވެދަނެއެވެ. އަދި ހޫނުމިން މަތިނަމަ ލަސްނުކޮށް ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.

5- މާބޮޑަށް އުދަގޫވުން.

ކުޑަކުދިން ވަރަށްބޮޑަށް އެހެންމީހުންގެ ސަމާލުކަން ބޭނުން ވެއެވެ. ނަމަވެސް ބައެއްފަހަރު ދަރިފުޅަށްދޭ ސަމާލުކަން މާ ބޮޑުވުމަކީ ދަރިފުޅަށް އުދަގޫވާކަމެކެވެ. ވުމާއެކު ބައެއްފަހަރު މާގިނައިރު ދަރިފުޅު އުރައިގެން އުޅޭނަމަ ދަރިފުޅު ރުއިމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް މަންމަ ނުވަތަ ބައްޕަނޫން ބޭރުމީހަކު ގިނައިރު އުރައިގެން ހުންނަނަމައެވެ. އަދި ގެއިންބޭރުގައި ގިނައިރު ވުމަކީވެސް ދަރިފުޅަށް އުދަގޫވެދާނެ ކަމެކެވެ. މިނޫނަސް އާކަންތައްތައް މާގިނައިން ދަރިފުޅަށް ކުރިމަތި ވުމަކީ ދަރިފުޅަށް އުދަގޫވާ ކަމެކެވެ. ވުމާއެކު ރުއިމަކީ ކުޑަދަރިފުޅު ދެން ތިވަރުން ފުދިއްޖެއޭ ބުނުމަށްޓަކައި ދޭ މެސެޖަކަށް ވެދާނެއެވެ.

6- މާބޮޑަށް ހޫނުވުން ނުވަތަ ފިނިވުން.

ކުޑަދަރިފުޅު ރަހިމުގައި އޮންނައިރު ރަހިމުގައި ފިނިހޫނު މިން ހުންނަނީ ދަރިފުޅުގެ ހަށިގަނޑަށް އެންމެ ބޭނުންތެރިވަރަށެވެ. ދުނިޔެއަށް އައުމަށްފަހުވެސް ދަރިފުޅު މިގޮތުގައި ފިނިހޫނުމިން ހުންނާށެވެ. ވުމާއެކު ފިނިހޫނު މިނަށް އަންނަ ބަދަލާއެކު ދަރިފުޅު ގިނައިން ރުއިމަކީ ވެދާނެ ކަމެކެވެ. ފެންވަރުވަން ދަރިފުޅުގެ ހެނދުން ބޭލުމުން ރޮނީ މިހެންވީމައެވެ. ފިނިވާތީއެވެ. އަދި ގިނަފަހަރު ރުއިން ގިނަވާނީ ހޫނުވުމަސްވުރެ ބޮޑަށް ފިނިވުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ