logoEN
ޕީއެންސީ 2
ރުގްޔާގެ ނަމުގައި ތިން ދަރިންނަށް އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރުގްޔާގެ ނަމުގައި ތިން ދަރިންނަށް އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަޙްމަދު ޖަމީލު

logo

11/27/2020, 4:54:40 PM

Silhouette-Of-Girls-Face

ރުގްޔާގެ ނަމުގައި ހަތަރު އަންހެނަކަށް އަނިޔާ ކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓަކުން އަމުރުކޮށްފިއެވެ.

ޝަރީ 2024

އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސި ގޯނާ ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. 24 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އަދި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެ ދެމީހުންނަށް ކުރާ އިތުރު ތުހުމަތުގެ ތެރޭގައި އަންހެނަކާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރުން ވެސް ހިމެނެއެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާ އާއި މީޑިއާގެ އެކި ވަސީލަތްތަކުން އެކަން ފަޅާއަރުވާލާ އެ ދެ މީހުން ހައްޔަރު ކުރަން ގޮވާލުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ