
210812140056-john-cena-instagram-black-twin-super-tease
މަޝްހޫރު ފަންނާނުންނާ ވައްތަރު މީހުން ހޯދައި އެ މީހުންގެ ފޮޓޯތައް ހިއްސާކުރުމަކީ މީސްމީޑިޔާގައި ވަރަށް އާންމު ކަމެކެވެ.

މި ފަހަރު މި އޮތީ މަޝްހޫރު ފިލްމްސްޓާރ އަދި ވްރެސްލަރ ޖޯން ސީނާއާ ވައްތަރު މީހަކު ހޯދާފައެވެ. ބްރެންޑަން ކޮބީނާ ނަމަކަށް ކިޔާ މި މީހާ ޖޯން ސީނާއާ ވައްތަރު ކަމަށް ބުނެ މީސްމީޑިޔާގައި ފޮޓޯތައް ދައުރުވާން ފެށުމާއެކު ޖޯން ސީނާގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ.
މިއާއެކު ޖޯން ސީނާ ވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓްގައި ބްރެންޑަން ކޮބީނާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ޖޯން ސީނާއަށްވެސް އޭނާއާ ކޮބީނާ ވައްތަރު ވީީ ކަމުގައި ވެދާނެއެވެ. މި ފޮޓޯއާއެކު އެއްވެސް ކެޕްޝަނެއް ލިޔެފައި ނުވާއިރު މި ފޮޓޯއަށް މިލިއަނަކަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.
ކެޕްޝަނަކާ ނުލައި އެ ފޮޓޯ ޕޯސްޓު ކުރި ކަމުގައި ވިއަސް އެ ޕޯސްޓަށް ކޮމެންޓް ކުރި ފަރާތްތަކަށް އެ ފޮޓޯގައިވާ ފަރާތަކީ ކާކުކަން އޮޅިފައި ނުވެއެވެ. އެގޮތުން ގިނަ ކޮމެންޓު ތަކުގައި ޖަމާލް ސީނާގެ ނަން ބޭނުން ކޮށްފައިވެއެވެ.
24 އަހަރުގެ ކޮބީނާއަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ބޮޑީބިލްޑަރެކެވެ.