logoEN
Sto top
ލިއޮނަލް މެސީ؛ އެއްބަޔަކަށް ހަޖަމް ނުވިޔަސް 21 އަހަރުގެ ވަފާތެރި ހިދުމަތް ބާރސާއަށް

ލިއޮނަލް މެސީ؛ އެއްބަޔަކަށް ހަޖަމް ނުވިޔަސް 21 އަހަރުގެ ވަފާތެރި ހިދުމަތް ބާރސާއަށް

mini_3200x2000-MESSI_768-eng

ލިއޮނަލް މެސީއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މިހާރު ދުނިޔޭގައި ހުރުމަކީ ނާދިރުކަމެކެވެ. ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނަލް މެސީ، އޭނާގެ ކުޑައިރުއްސުރެ ލޯބިވާ ކްލަބް ކަމަށްވާ ސްޕެއިންގެ ކްލަބް، އެފްސީ ބާރސެލޯނާގައި އޭނާގެ ކެރިއަރުގެ ބާކީ އޮތް ދުވަސްތައް ވޭތު ނުކުރާނެކަމަށް ބާރސެލޯނާގެ މީސް މީޑިޔާގެ މަންސަތަކުން އިއުލާން ކުރި ހިސާބުން އެކަން ވެގެން ދިޔައީ މުޅި ފުޓްބޯޅަ އާއިލާއަށް ސިހުން ގެނުވި ކަމެއްކަން ގައިމެވެ. އަދި ވަކިން ހާއްސަކޮށް، ބާރސެލޯނާއަދި މެސީގެ ފޭނުންނަށް އެކަންވީ ބަރުދާސްތުކުރަން ދަތިވި، ހިތްދަތި ހަބަރަކަށެވެ.

Wamco

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 6 ފަހަރު ހޯދާފައިވާ އާރޖެންޓީނާއަށް އުފަން މެސީ، އެންމެ ފުރަތަމަ ބާރސާއަށް އައީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައިއެވެ. ޓިޝޫއެއްގައި އޭނާގެ އެންމެ ފުރަތަމަ ބާރސެލޯނާ ކޮންޓްރެކްޓްގައި ސޮއި ކުރި މެސީ، 21 އަހަރު ފަހުން އެކްލަބަށް ނުކުޅޭނެކަން މިހާރު އޮފިޝަލްވެފައިވާއިރު، މެސީ ބާރސާގައި ވޭތުކުރި 21 އަހަރަކީ މުޅި ފުޓްބޯޅަ ހަޔާތަށް އެތަކެއް އުފާތަކާއި، ހިތާމަތަކާއި އަދި ސިހުންތައް ގެނުވި ދުވަސްތަކެކެވެ. މެސީގެ ޑްރިބްލިންގެ މޮޅުކަމާއި، އޭނާގެ މޮޅެތި ނިންމުންތަކާއި އަދި ޕާރސިންގްފަދަ ކަންކަމަށް މެސީއަކީ "އެއްވަނަ"އޭ ބުންޏަސް ދޮގަކަށް ނުވާނެކަން ގައިމެވެ. މިހުރިހާ ކަމެއްގެ މައްޗަށް ހަމަޔަގީނުންވެސް އަންނާނެ އެއްކަމަކީ މެސީ ބާރސާއަށް އޮތް ވަފާތެރިކަމެވެ. މެސީއަށް ދިރިއުޅުމެއް ހޯދައިދީ، ފުޓްބޯޅައިގެ ކެރިއަރުގެ އެއްވަނަ އަށް ވާސިލްކޮށްދިން އޭނާ އެކްލަބަކަށްޓަކއި މުޅި އުމުރު ދުވަސް ހޭދަކޮށްދޭން ތައްޔާރަށް ހުރި ކްލަބް ކަމަށްވާ ބާރސެލޯނާގައި އޭނާ 21 އަހަރު ވޭތު ކުރިއިރު، އެކަން މެސީއާއި އެންޓި ބައެއް ފޭނުންނަށް ހަޖަމެއް ނުވިއެވެ. "ލޯޔަލްޓީ"އޭ ކިޔައި މިއަދު މެސީއަށް އެމީހުން ޖޯކް ޖަހައި މަލާމަތް ކުރި ކަމުގައި ވިޔަސް، މެސީ ބާސާއިން މިއަދު ވަކިވެގެން އެދިޔައީ، އޭނާގެ އަމިއްލަ ރުހުމުގައި ނޫންކަން ޙުދު މެސީވެސް ބަނީ ބުނެފައިއެވެ.

"ލޯޔަލްޓީ"އޭ ކިޔައި މެސީއަށް ޖޯކް ޖަހައި ހަދަމުންދާ ފަރާތްތަކަށް ފަހަރެއްގައި އެއްވެސް އެއްޗެއް ނޭނގެނީކަމަށް ވެދާނެއެވެ. ކްލަބެއްގައި 21 އަހަރު ވޭތުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ދެތިން އަހަރު ޖެހިޖެހިގެން ޗެމްޕިއަންސް ލީގުން ފުރަތަމަ ލެގުން މޮޅުވެ، ދެވަނަ ލިގުން ބަލިވުމަކީ ހިތްދަތިކަމެވެ. ކްލަބުގެ މެނޭޖްމެންޓްއާއި މައްސަލަޖެހި، ކްލަބްއިން ދެއިރު ދެދަޅަޔަށް ކޯޗުން ބަދަލުކޮށް، ސީޒަނެއް ތަށްޓަކާއި ނުލައި ނިންމާލުމަކީ ހިތްދަތިކަމެވެ. ކްލަބްގެ މާލީ ހާލަތު ދަށްވެ، އެންމެ ގާތް ރަޙްމަތްތެރިޔާ ކްލަބް ދޫކޮށް ދިޔުމަކީ ހިތްދަތިކަމެވެ. ނަމަވެސް، އެހުރިހާ ކަމަކާއި އެކުވެސް، މެސީ ބާރސާގައި މަޑުކުރީ، ކްލަބްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ބާރސާގެ ގަވާއިދުތައް ހުންނަ ގޮތުން ކޮންޓްރެކްޓްތައް މެސީ އާކުރަން ޖެހުމަކީ މެސީގެ ވަފާތެރިކަމަށް ޖޯކު ޖަހޭ ކަމެއްކަމުގައިވަނީނަމަ، ބާރސާގައި މަޑުކުރަން، މެސީ އޭނާގެ މުސާރައިގެ 50 އިންސައްތަ ކުޑަ ކުރަން ހުށަހެޅުމަކީ އޭނާގެ ވަފާތެރިކަމޭ ނުބުނެވެންވީ ސަބަބެއް ނެތެވެ.

ހައްތަހާވެސް ވަކި ބަޔަކަށް މެސީ 21 އަހަރު ފަހުން ބާރސާ ދޫކުރުން ޖޯކަކަށް ވީކަމުގައި ވީނަމަވެސް، މެސީ ބާރސާގެ ޖާޒީގައި ނުހޯދާ ކާމިޔާބީއެއް ނެތެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްދޭ ބެލެންޑޯރ 6 ފަހަރު ހޯދާފައިވާއިރު، ފީފާ ބެސްޓް ޕްލޭޔާރގެ އެވޯޑް 1 ފަހަރު، ޔޫރަޕުގެ ރަންބޫޓް 6 ފަހަރު، ލަލީގާގެ ރަންބޫޓް 8 ފަހަރު، ލަލީގާ 10 ފަހަރު، ޗެމްޕިއަންސް ލީގް 4 ފަހަރު، ކްލަބް ވޯލްްޑް ކަޕް 3 ފަހަރު، ސްޕްނެިޝް ޗެމްޕިއަންޝިޕް 10 ފަހަރު، ޔުއެފާ ސުޕާކަޕް 3 ފަހަރު، ސްޕެނިޝް ކަޕް 7 ފަހަރު، ސްޕެނިޝް ސުޕާރ ކަޕް 8 ފަހަރު މެސީ ހޯދާފައިވާއިރު، މެސީއަކީ ލަލީގާގެ ތާރީޙުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ލިބެން ހުރި ހުރިހާ ތަށްޓެއް ކްލަބް ލެވެލްގައި މެސީ ހޯދާފައިވާއިރު، މެސީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވާ ގޮތެއް ނެތެވެ. ހަމަޔަގީނުންވެސް މެސީވެގެން ދަނީ ފަހުގެ ތާރީޙުގައި ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ކަން ގައިމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside